logoEN
cocacola
ހުވަދޫ ކަނޑުގައި އޮންނަ "ސަތޯރަހަ ފަރުބަދަ" މެޕްކޮށްފި

ހުވަދޫ ކަނޑުގައި އޮންނަ "ސަތޯރަހަ ފަރުބަދަ" މެޕްކޮށްފި

އަލްފާ އަލީ

logo

9/30/2022, 3:10:27 PM

# ނެކްޓަން މޯލްޑިވްސް މިޝަން# ސަތޯރަހަ# ހުވަދު އަތޮޅު

346619_3_0f95fb6422bf76b2ee7a05fad7d3c2e50c9828a6_large

މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެ އަށް ލިބޭ ގެއްލުންތައް ކުޑަކުރާނެ ގޮތްތައް ދެނެގަތުމަށް ކުރާ، ރާއްޖޭގެ ކަނޑުތަކުގެ އެންމެ ބޮޑު ދިރާސާ ކަމަށްވާ "ނެކްޓަން މޯލްޑިވްސް މިޝަން" ޓީމުން ހުވަދޫ ކަނޑުގައި އޮންނަ މަޝްހޫރު "ސަތޯ ރަހަ" ފަރުބަދަ މެޕްކޮށްފި އެވެ.

ގޮސިޔާ

ނެކްޓަން މޯލްޑިވްސް މިޝަން ޓީމުން މި ފަރުބަދަ މެޕްކޮށްފައިވަނީ 12 ގަޑިއިރުގެ މަސައްކަތުންނެވެ. އެ މަސައްކަތުން މީގެ ކުރިން ހޯދިފައިނުވާ އެ ފަރުބަދައިގެ ބޮޑުމިން ވަނީ ހޯދިފައެވެ.

ސާވޭއިން އެނގުނު މައުލޫމާތުތަކަށް ބަލާއިރު އެފަރުބަދަ ހުރީ ކަނޑުގެ ސަތަހައިން ފެށިގެން 300 މީޓަރު އަޑީގައެވެ. ފަރުބަދައިގެ ފުންމިނުގައި 1500 މީޓަރު ހުންނަ އިރު ވަށައިގެން 15 ނޯޓިކަލް މޭލު ހުންނަ ކަމަށް ވަނީ އެނގިފައެވެ.

undefined

ދުނޔޭގައި 1000 މީޓަރަށް ވުރެ އުސް 100،000 ފަރުބަދަ ހުންނަކަމަށް ރެކޯޑްކުރެވިފައިވާއިރު އޭގެތެރެއިން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހުރީ 34 ފަރުބަދައެވެ. ދުނިޔޭގައި މިހާތަނަށް ބަޔޮލޮޖިކަލް ސާމްޕަލް ނެގިފައިވަނީ 300 ފަރުބަދަކަމަށްވާއިރު، މިއީ ރާއްޖޭގައި މިގޮތަށް މައުލޫމާތު ނެގުނު ފުރަތަމަ ފަރުބަދަ އެވެ.

ނެކްޓަން މިޝަންގައި ހަރަކާތްތެރިވާ މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓިއުޓް ގެ މެރިން ބަޔޮލޮޖިސްޓް ޑރ. އަހުމަދު ރިޔާޒް ޖައުހަރީ ވިދާޅުވީ، މި ދިރާސާގައި އެ ފަރުބަދަ ހުންނަ ސަރަހައްދުގައި މަސްމަހާމެހި އެހާ ގިނަ ސަބަބެއް ބަލަން ބޭނުންވާ ކަމަށެވެ.

View post on Twitter

"ސަތޯ ރަހަ" އަކީ ރާއްޖޭގައި މަސްވެރިކަން އެންމެ ރަނގަޅު އެއް ސަރަހައްދެވެ.

ނެކްޓަން އިން ދިވެހި ސަރުކާރާ ގުޅިގެން ހިންގާ މި މިޝަންގައި ރާއްޖެ ހިމެނޭ ގޮތަށް އެކި ގައުމުތަކުގެ ސައިންސްވެރިންނާއި ތަޖުރިބާކާރުން ހިމެނެއެވެ. ކަނޑުގެ 1،000 މީޓަރު އަޑި އަށް ސާވޭ ކުރުމަށް މިމަހުގެ 2 ގައި ފެށި މި މަސައްކަތް ނިންމާލާނީ އަންނަ މަހުގެ 7 ވަނަ ދުވަހުއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ