logoEN
cocacola
ޕީއެސްއެމް އައްޑޫ މީޑިއާ ސެންޓަރުން ވައްކަން ކުރި މީހަކު ހައްޔަރުކޮށްފި

ޕީއެސްއެމް އައްޑޫ މީޑިއާ ސެންޓަރުން ވައްކަން ކުރި މީހަކު ހައްޔަރުކޮށްފި

އައިޝަތު އިފާޝާ

logo

10/3/2022, 9:14:10 AM

# ޕީއެސްއެމް# އައްޑޫ ސިޓީ ޕޮލިސް

big_5p34kZVZroTgaPUTFCbRR8JwA

ޕީއެސްއެމްގެ އައްޑޫ މީޑިއާ ސެންޓަރުން ވައްކަން ކުރިކަމަށް، ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ގޮސިޔާ

ޕީއެސްއެމްގެ އައްޑޫ މީޑިއާ ސެންޓަރު ފަޅާލައި ވައްކަންކޮށްފައިވަނީ މިދިޔަ ހުކުރުދުވަހު މެނދުރުގެ ވަގުތެއްގައިއެވެ. އައްޑޫ މީޑިއާ ސެންޓަރަށް ވަންކަން ކުރަން ވަން މީހާ އެތަނުގެ ސީސީޓީވީ ކެމެރާތަކަށް ވަނީ އަރާފައެވެ. ޕީއެސްއެމްގެ އައްޑޫ މީޑިއާ ސެންޓަރު ފަޅާލައި އެތަނުން ވަގަށް ނަގާފައިވަނީ، ލެޕްޓޮޕަކާއި، ޕްރިންޓަރަކާއި، ޓީވީއެއް އަދި ބޭނުން ނުކޮށް ހުރި އައު އޭސީއެކެވެ.

މިމައްސަލަ ފުލުހުންނަށް އޮކްޓޯބަރ 1ވަނަ ދުވަހު ވަނީ ރިޕޯޓުކޮށްފައެވެ. މިއާއެކު މި މައްސަލައިގެ ތަހުޤީގު ހިތަދޫ ޕޮލިސް ސްޓޭޝަނުން ވަނީ ފަށާފައެވެ. އަދި މިއަދުގެ ވަގުތެއްގައި މިމައްސަލައާއި ގުޅިގެން ތުހުމަތު ކުރެވޭ 32 އަހަރުގެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައިވާ ކަމަށް އައްޑޫސިޓީ ޕޮލިހުން މައުލޫމާތު ދެއެވެ.

ފުލުހުންވަނީ ވަގަށް ނަގާފައިވާ އެއްވެސް ސާމާނެއް ވިއްކަން އުޅޭ ކަމުގެ ތުހުމަތު ކުރެވޭނަމަ އެކަން ވީހާވެސް އަވަހަށް ފުލުހުންނަށް ރިޕޯޓު ކުރުމަށް އިލްތިމާސްކޮށްފައެވެ.

އައްޑޫގައި ވައްކަމުގެ މައްސަލަތައް އިތުރުވުމާއި ގުޅިގެން ފުލުހުން ދަނީ ވައްކަން ހުއްޓުވުމަށް ހާއްސަ މަސައްކަތަކެއް ކުރަމުންނެވެ. ފުލުހުން މީގެ ކުރިން ވިދާޅުވި ގޮތުގައި ވައްކަން އިތުރުވުމާއި އެއްކޮށް ރޯމާ ދުވާލު ވައްކަން ކުރުމުގެ މައްސަލަތައްވެސް އިތުރުވެފައިވާ ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ