logoEN
cocacola
ޕީއެސްއެމްގެ މަޖިލީސް ބަހުސްގައި އާންމުންނަށް ކެންޑިޑޭޓުންނާއި ސުވާލު ކުރެވޭނެ

ޕީއެސްއެމްގެ މަޖިލީސް ބަހުސްގައި އާންމުންނަށް ކެންޑިޑޭޓުންނާއި ސުވާލު ކުރެވޭނެ

އަލްފާ އަލީ

logo

2/1/2024, 3:46:09 PM

# ޕީއެސްއެމް# މަޖިލިސް 24

ޕީއެސްއެމްއިން ވަނީ މަޖިލިސް މަހުސް ބާއްވަން ނިންމައި އެކަން އިއުލާންކޮށްފައި ---

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ގުޅުވައިގެން ދައުލަތުގެ މީޑިއާ ޕީއެސްއެމުން އިންތިޒާމުކޮށްގެން ބޭއްވުމަށް ނިންމާފައިވާ "މަޖިލިސް 2024" ބަހުސްގައި ކެންޑިޑޭޓުންނާ ސުވާލުކުރުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލައިފިއެވެ.

ގޮސިޔާ

ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުންނަށް ޢަމާޒުކޮށް، މަޖިލީހުގެ 93 ދާއިރާއެއްގެ ބަހުސް މިމަހުގެ ތެރޭގައި ބޭއްވުމަށް ޕީއެސްއެމްއިން ވަނީ ނިންމާފައެވެ.

އެހެން އަހަރުތަކުގައި ބޭއްވޭ ބަހުސްތަކާ ހިލާފަށް މިއަހަރުގެ ބަހުސްގައި އާއްމުންނަށް ސުވާލުކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ޕީއެސްއެމްއިން ބުނެއެވެ.

"މަޖިލިސް 2024" ބަހުސް އިފްތިތަހްކޮށްދެވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ ޒީނާ ޒާހިރު ވިދާޅުވީ، ބަހުސެއް ކުރިއަށް ގެންދިއުމުގެ އެންމެ ބޮޑު ބޭނުމަކީ ރައްޔިތުން ބޭނުންވާ ސުވާލުތަކުގެ ޖަވާބު އެ ބަހުސް މެދުވެރިކޮށް ލިބޭނެ ގޮތް ހެދުން ކަމަށެވެ. އަދި އާންމުން ފޮނުވާ ސުވާލުތަކުގެ ތެރެއިން އެންމެ ރަނގަޅު ސުވާލުތަކުގެ ޖަވާބު ކެންޑިޑޭޓުން މެދުވެރިކޮށް އާންމުންނާ ހަމައަށް ގެނެސްދެއްވާނެކަމަށް ޒީނާ ވިދާޅުވިއެވެ.

މިފަހަރުގެ ބަހުސްގައި ފެންނާނެ އަނެއް ބަދަލަކީ ސިޓީތަކުގައި ބައެއް ދާއިރާތަކުގެ ބަހުސްތައް ބޭއްވުމެވެ. މިއީ އާންމުންގެ ސުވާލަށް ހުޅުވާލައިގެން ކުރިއަށްގެންދާ ޕީއެސްއެމްގެ މިފަދަ ފުރަތަމަ ބަހުސްކަން ފާހަގަކޮށްލެވެއެވެ.

ޢާންމުން އެސްއެސްއެސް މެދުވެރިކޮށް ސުވާލު ފޮނުވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. ސުވާލު ފޮނުވާނީ MB (constituency name) (question) send to 300 އަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ