logoEN
cocacola
''އިހުސާސް'' ޕްރޮގްރާމްގައި ނަމްޒާގެ ބަސްމަގު ރަނގަޅެއް ނޫން: ޕީއެސްއެމް

''އިހުސާސް'' ޕްރޮގްރާމްގައި ނަމްޒާގެ ބަސްމަގު ރަނގަޅެއް ނޫން: ޕީއެސްއެމް

އަހުމަދު ޝުރާއު

logo

3/17/2024, 6:34:35 PM

# ޕީއެސްއެމް

އިހްސާސް ޕްރޮގްރާމުގެ ޕޯސްޓަރެއް

ދައުލަތުގެ މީޑިއާ, ޕީއެސްއެމް އިން ގެނެސްދޭ "އިހުސާސް" ޕްރޮގްރާމް ހުށަހަޅައިދޭ ޖެންޑާ މިނިސްޓްރީގެ ނައިބު އައިމިނަތު ނަމްޒާގެ ބަސްމަގު ހުރީ ރަނގަޅަށް ނޫން ކަމަށް އެކުންފުނިން މިއަދު ބުނެފި އެވެ.

ގޮސިޔާ

ނަމްޒާގެ މައްސަލަ ހޫނުވެފައިވާ ދަނޑިވަޅެއްގައި ޕީއެސްއެމްއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ ބުދަ ދުވަހުގެރޭ ދެއްކި އެޕިސޯޑުގައި ބޭނުން ކުރެވުނު ބަސްމަގު ބޭނުންކުރެވިފައި ވަނީ އެންމެ އެދެވޭ ނެރޭޓިވްގައި ނޫން ކަމަށް އެކުންފުނިން ދެކޭ ކަމަށެވެ.

އަދި ބުދަ ދުވަހުގެ ރޭ ދެއްކި އިހުސާސް ޕްރޮގްރާމުގައި ރަނގަޅު ކުރަން ފާހަގަ ކުރެވުނު ކަންތައްތައް ބުރާސްފަތި ދުވަހު ހެނދުނު ބޭއްވި ކުންފުނީގެ ވެރިންގެ ބައްދަލުވުމުގައި މަޝްވަރާ ކުރެވިފައިވާ ކަމަށް ޕީއެސްއެމްގެ ބަޔާނުގައިވެ އެވެ. އަދި ޕްރެޒެންޓަރ ނަމްޒާއާއި ވެސް މިކަމާއި މަޝްވަރާކުރެވުނު ކަމަށް ބަޔާނުގައި ވަނީ ފާހަގަކޮށްފައި އެވެ.

View post on Twitter

ކުރިއަށް އޮތް ތަނުގައި ސެންސެޓިވް ކޮންޓެންޓް، ހާއްސަކޮށްގެން ގެނެސްދެވޭ އެޕިސޯޑުތައް ބްރޯޑްކާސްޓް ކުރެވޭނީ ކޮންޓެންޓް ކޮމިޓީން ފުރިހަމަ އަށް ބެލުމަށްފަހު ރަނގަޅުކުރަން ހުރި ކަންތައް ރަނގަޅު ކުރުމަށް ފަހު ކަމަށްވެސް ބަޔާނުގައި ބުނެފައި ވެއެވެ.

އެ ޕްރޮގްރާމްގެ މަގްސަދަކީ މުހިއްމު މައުލޫތަކަށް މުޖުތަމައު ހޭލުންތެރިކުރުމާއި ފަރުދުންގެ އެހީތެރިކަން ފޯރުކޮށްދެވޭނެ މަގު ތަނަވަސްކޮށްދިން ކަމަށްވާއިރު އެ ކުންފުނިން މަސައްކަތްކުރަނީ އެންމެ ފުރިހަމަ ގޮތުގައި ޕްރޮގްރާމް ގެނެސްދިނުން ކަމަށް ޕީއެެސްއެމްއިން މިރޭ ނެރުނު ބަޔާނުގައި ބުންޏެވެ.

މި ޕްރޮގްރާމުގެ މައްސަލަ ފެންމަތިވީ މި ރޯދަ މަހުގެ ފުރަތަމަ އެޕިސޯޑުގައި ނުކުޅެދުންތެރިކަން ހުންނަ ކުއްޖާއާއި ގުޅޭގޮތުން އެކުއްޖާގެ މަންމައާއި ނަމްޒާ ކުރި ސުވާލުތަކާއި ގުޅިގެންނެނެވެ. އެގޮތުން ގިނަ ބަޔަކު ބުނާ ގޮތުގައި ނަމްޒާގެ ބަސްމަގު ކުރީ އާއިލާއަށް އިތުރަށް ހިތްދަތިކަން ފޯރުކޮށްދޭ ކަހަލަ ގޮތަކަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ