ޕީއެސްއެމްގެ ޓީވީ ބިލްޑިންގ
ދައުލަތުގެ މީޑިއާ , ޕަބްލިކް ސާވިސް މީޑިއާގެ އިސްވެރިއަކު މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފި އެވެ.
ޕީއެސްއެމްއިން މިއަދު ބުނީ ސަސްޕެންޑް ކޮށްފައިވަނީ ޕަބްލިކް ސަރވިސް މީޑިއާ ގެ ޑިރެކްޓަރ ފައިނޭންސްގެ މަގާމުގައި ހުރި އަޙްމަދު ޙަނީފް ކަމަށެވެ.
އެގޮތުން އޭނާ ސަސްޕެންޑް ކޮށްފައިވަނީ ފައިނޭންސް ޑިޕާޓްމަންޓުން ޕޭމަންޓުތަކާއި ކޭޝްފްލޯ މެނޭޖުކުރުމުގައި ކޯޕަރޭޓް އުސޫލާ ޚިލާފަށް ކަންކަން ދާކަން ފާހަގަކުރެވުމާ ގުޅިގެން ޕީއެސްއެމްގެ ޑިރެކްޓަރުންގެ ބޯޑުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ.
މިއާއި އެކު މަައްސަލަ ވަކިގޮތަކަށް ނިމެންދެން ހަލީފް ހުންނަވާނީ ސަސްޕެންޝަންގައި ކަމަށް ޕީއެސްއެމްއިން ވަނީ ހާމަކޮށްފައި އެވެ.މި މައްސަލައާއި ގުޅޭ މާބޮޑު ތަފްސީލެއް އަދި މިހާތަނަށް ހާމަކޮށްފައި ނުވާއިރު ޕީއެސްއެމްއިން ވަނީ ކުރިޔަށް ތަނުގައި މައްސަލައާއި ގުޅުންހުރި އިތުރު ތަފްސީލްތައް ހާމަކުރެވުން ހުރި މިންވަރަކުން ހާމަކުރާނެ ކަމަށް ބުނެފައި އެވެ.