
ވިލިނގިލީ ހޮސްޕިޓަލުގައި އޮތް ހާލުބޮޑު ބަލި މީހަކު އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މާލެ ގެނެސްދީފި
# އެމްއެންޑީއެފް# ގއ.ވިލިނގިލި# ގއ. އަތޮޅު ހޮސްޕިޓަލް4074
ގއ.ވިލިނގިލީ އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ހާލުދެރަ ބަލި އަންހެނަކު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ އެހީތެރިކަމާއެކު އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މިރޭ މާލެ ގެނެސްދީފިއެވެ.

މިރޭ މާލެ ގެނެސްދީފައިވަނީ ވިލިނގިލީ ހޮސްޕިޓަލުގައި ފަރުވާދެމުން ދިޔަ އުމުރުން 56 އަހަރުގެ އަންހެނެކެވެ.
އެ މީހާ މާލެ ގެނެސްދީފައިވަނީ، ޞިއްޙީ އިތުރު ފަރުވާއަށް މާލެ ގެންގޮސް، ފަރުވާދިނުމަށް އެ މީހާ ބެއްލެވި ގއ. އަތޮޅު ހޮސްޕިޓަލުގެ ޑޮކްޓަރުން ލަފާދެއްވުމާ ގުޅިގެންނެވެ.
އެމްއެންޑީއެފް ހެލިކޮޕްޓަރުގައި ބަލި މީހާ މާލެ ގެނެސްފައިވަނީ މިރޭ 19:13 ހާއިރުއެވެ.
ގުޅުންހުރި

ދިޔަމިގިލީގައި އިމާރާތްކުރާ ސްކޫލުގެ ފުރަތަމަ ފަންގިފިލާގެ ރޭނުމުގެ ހުރިހާ މަސައްކަތެއް ނިންމާލައިފި

އެފްއާރްއެސްގެ ހަފްތާ ރިޕޯޓު: މިދިޔަ ހަފްތާގައި އެންމެ ގިނައީ އަލިފާނުގެ ހާދިސާތައް، ގިނަ ހާދިސާތައް ހިނގީ މާލެ ސަރަހައްދުގައި!




