







ހިތަދޫ ފަޅުގޯއްޗެއް ތެރޭގައި ހުރި ކޮންޓެއިނަރެއްގައި ރޯވި އަލިފާންގަނޑު- ފޮޓޯ: އެމްއެންޑީއެފް
އައްޑޫ ސިޓީ ހިތަދޫ ފަޅުގޯއްޗެއްގެ ތެރޭގައި ހުރި ކޮންޓެއިނަރެއްގައި ރޯވި އަލިފާންގަނޑު ހިތަދޫ ފަޔާ ސްޓޭޝަނުން ނިއްވާލައިފި އެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ އަލިފާން ރޯވީ މިސްކިތް ކުރިމަތީ ހުރި ފަޅުގޯއްޗެއްގައި ހުރި ކޮންޓޭނަރުތަކެއްގައި ކަމަށެވެ.
މި ހާދިސާގެ މައުލޫމާތު ރޭ ދަންވަރު 02:50 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑަށް ލިބުމާ އެކު، ހިތަދޫ ފަޔަރ ސްޓޭޝަނުގެ ފަޔާފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އަދި ފަޔަރފައިޓަރުން ކުރި މަސައްކަތުން އަލިފާންގަނޑު ނިއްވާލެވުނީ ފަތިހު 04:21 ހާއިރު ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ މައުލޫމާތު ލިބިފައިނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.








