logoEN
WAMCO TOP 1
ދިޔަމިގިލީގައި އިމާރާތްކުރާ ސްކޫލުގެ ފުރަތަމަ ފަންގިފިލާގެ ރޭނުމުގެ ހުރިހާ މަސައްކަތެއް ނިންމާލައިފި

ދިޔަމިގިލީގައި އިމާރާތްކުރާ ސްކޫލުގެ ފުރަތަމަ ފަންގިފިލާގެ ރޭނުމުގެ ހުރިހާ މަސައްކަތެއް ނިންމާލައިފި

# އެމްއެންޑީއެފް

ފޮޓޯ:އެމްއެންޑީއެފް

ތ.ދިޔަމިގިލީގައި ސިފައިން އިމާރާތްކުރަމުގެ މަސައްކަތްކުރަމުންދާ ސްކޫލުގެ ފުރަތަމަ ފަންގިފިލާގެ ރޭނުމުގެ ހުރިހާ މަސައްކަތެއް ނިންމާލައިފިއެވެ.

THE TRAVELLER AD

އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ސިފައިންނާ ގުޅިގެން އެމްއެންޑީއެފް ސަރވިސް ކޯރގެ މިލިޓަރީ އިންޖިނިއަރސް (އެމްއީ)ގެ ފަންނީ ސިފައިން ކުރަމުންދާ މި މަސައްކަތުގައި މިހާރު ކުރިޔަށްދަނީ ފުރަތަމަ ފަންގިފިލާގެ ފާހާނާތަކުގެ ތަޅުންއެޅުމާއި ތަނބުތަކާއި ބެރިތަކުގެ ދާރަ ހެދުމުގެ މަސައްކަތްތަކެވެ.

މީގެ އިތުރުން ދެވަނަ ފަންގިފިލާގެ ރޭނުމުގެ މަސްކަތްތައް މިހާރު ވަނީ ފަށާފައެވެ.

ދެ ފަންގިފިލާގެ 10 ކުލާސް ރޫމް ހިމެނޭ މި އިމާރާތުގެ މަސައްކަތް އަވަހަށް ނިންމުމަށްޓަކައި ސިފައިންނާ ހަވާލުކޮށްގެން މަސައްކަތް ފަށާފައިވަނީ މާރިޗު މަހުގެ 31ވަނަ ދުވަހުއެވެ.

ސިފައިން މި މަސައްކަތާ ހަވާލުވި އިރު އިމާރާތުގައި ނިމިފައި ހުރީ 30 އިންސައްތަ މަސައްކަތެވެ.

ކޮމެންޓް
ފަހުގެ
HDC