logoEN
cocacola
ހުނޫ ދެވަނަ ފަހަރަށް ބަންދުން ދޫކޮށްލީ ރަނގަޅަށް - ހައިކޯޓު

ހުނޫ ދެވަނަ ފަހަރަށް ބަންދުން ދޫކޮށްލީ ރަނގަޅަށް - ހައިކޯޓު

އަލްފާ އަލީ

logo

10/2/2022, 9:04:46 PM

# ހައި ކޯޓު# ހުނޫ# ކްރިމިނަލް ކޯޓު

Hunoo

މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާ އުފުލާފައިވާ ފިލްމީ ތަރި ހުނޭސާ އާދަމް ނަސީރު (ހުނޫ) ދެވަނަފަހަރަށް ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމަށް ހައިކޯޓުން ތާއީދުކޮށްފި އެވެ.

ގޮސިޔާ

ހުނޫ އޭނާގެ ލޯބިވެރިޔާއާއެކު މާލޭގައި ތިބި ގެއަކުން މަސްތުވާތަކެތި ފެނުނު މައްސަލައިގައި ހުނޫގެ މައްޗަށް ދަޢުވާ އުފުލީ މިދިޔަ މާޗު 28 ގައެވެ. ހުނޫގެ މައްޗަށް އުފުލީ ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާއާއި ކެނަބިސް ޓްރެފިކް ކުރުމުގެ ދަޢުވާއާއި މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގެ ޖަދުވަލު 01 ގައިވާ މަސްތުވާ އެއްޗެއް ޓްރެފިކް ކުރުމުގެ ދަޢުވާއެވެ.

ހުނޫ ދޫކޮށްލަން މިދިޔަ މަހުގެ 25 ވަނަ ދުވަހު ކުރިމިނަލް ކޯޓުން އަމުރުކުރީ، އޭނާ ދިރިއުޅެމުންދިޔަ ގެއިން ފެނުނު މަސްތުވާތަކެއްޗާއި އޭނާއާ ގުޅުވޭނެ ހެއްކެއް ނެތުމުންނާއި އެ ގެއިން ފެނުނު މަސްތުވާތަކެތީގެ ޒިންމާ އެހެން ފަރާތަކުން ނެގުމުންނެވެ. އެ ނިންމުން ފުރަތަމަ ހައިކޯޓުން ބާތިލުކުރި އެވެ. އަދި ބަންދާމެދު އަލުން ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް އަމުރުކުރިއެވެ.

ދެވަނަ ފަހަރަށް ބަންދާމެދު ގޮތެއް ނިންމިއިރު ވެސް ކްރިމިނަލް ކޯޓުން ނިންމީ ހުނޫ ދޫކޮށްލާށެވެ.

ދައުލަތުން އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން މިއަދު ކުރި ހުކުމްގައި ބުނީ ހުނޫ ބަންދުކުރަންޖެހޭ ސަބަބެއް ނެތްކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމަކީ ވަށައިގެންވާ އެންމެހައި ކަންކަމަށް ރިޢާޔަތްކޮށް, ފަނޑިޔާރުގެ އިޚްތިޔާރުގެ ބާރުގެ ތެރެއިން ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ