
ރުޤްޔާކުރުމުގެ ނަމުގައި އަންހެނަކާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ދެމީހެއްގެ މައްޗަށް ކުށް ސާބިތުވެއްޖެ
# ކްރިމިނަލް ކޯޓު-
ރުޤްޔާކުރުމުގެ ނަމުގައި އަންހެނަކާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ބައެއްގެ މައްޗަށް ކުށް ސާބިތުވެއްޖެ އެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ 2020 ވަނަ އަހަރު އެކި ދުވަސްމަތިން، އަންހެނަކާއި، އުމުރުން 18 އަހަރު ނުފުރޭ 3 ކުދިންނަށް ރުޤްޔާ ކުރުމުގެ ނަމުގައި ޖިސްމާނީ ހާނިކަކޮށް، ޖިންސީ ގޯނާކޮށްފައިވާ މައްސަލާގައި ރ. ކަނދޮޅުދޫ، މިރިހިމާގެ އިސްމާޢީލް ވަޙީދާއި، ރ. ކަނދޮޅުދޫ، ދިލްސާދުއާގެ މުޙައްމަދު އަޞީލްގެ މައްޗަށް ދަޢުވާކުރުމަށް 30 ޑިސެންބަރު 2020 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާނެ ކަމަށާއި މި މައްސަލާގައި ކްރިމިނަލް ކޯޓަށް ހުށެހެޅި 12 (ބާރަ) ދަޢުވާވެސް ސާބިތުވާކަމަށް 31 ޑިސެންބަރު 2025 ގައި ކޯޓުން ޙުކުމްކުރައްވައި އަދަބު ކަނޑައަޅުއްވާފައިވާ ކަމަށެވެ.
މިގޮތުން މުޙައްމަދު އަޞީލްގެ މައްޗަށް ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލުމުގެ ދައުވާއާއި ކުޑަކުއްޖެއްގެ ޙާޟިރުގައި، ކުޑަކުއްޖަކަށް ދެއްކުމުގެ ނިޔަތުގައި ނުވަތަ ކުޑަކުއްޖަކަށް ފެންނާނެ ކަމަށް ޤަބޫލުކޮށްގެން ޖިންސީ ޢަމަލެއް ކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާކުރުމާއި ކުޑަކުއްޖެއް އެކްސްޕްލޮއިޓް ކުރުމާއި ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުމާއި އަނިޔާއެއް ދިނުމާއި ގައިގައި އަތްލުމުގެ ދައުވާ ވަނީ ސާބިތުވެފައި އެވެ. މިއާއިއެކު އޭނާގެ މައްޗަށް މިއަދު ކޯޓުން އިއްވީ 25 އަހަރާއި 10 މަހާއި 24 ދުވަހުގެ ޖަލުހުކުމެކެވެ.
މިއަދު ކުށްސާބިތުވި އިސްމާޢީލް ވަޙީދުގެ މައްޗަށްކުރި 5 ދައުވާއެއް ވަނީ ސާބިތުވެފައި އެވެ. އޭގެ ތެރޭގައި ހިމެނެނީ ކުޑަކުއްޖަކާމެދު އިހުމާލުވުމުގެ ކުށާއި މީހަކު ނުވަތަ ބަޔަކު ކުޑަކުއްޖަކާމެދު އެކްސްޕްލޮއިޓޭޝަންގެ ޢަމަލެއް ހިންގާކަން އެނގިހުރެ އެކުށް ރިޕޯރޓްނުކުރުމާއި ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުމާއި ގައިގައި އަތްލުމުގެ ދެ ދައުވާއެކެވެ.
މިއާއިއެކު އިސްމާއީލް ވަހީދުގެ މައްޗަށް މިއަދު އިއްވާފައިވަނީ 6 އަހަރާއި 9 މަހާއި 18 ދުވަހުގެ ޖަލުހުކުމެކެވެ.
ގުޅުންހުރި

ރުޤްޔާކުރުމުގެ ނަމުގައި އަންހެނަކާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ދެމީހެއްގެ މައްޗަށް ކުށް ސާބިތުވެއްޖެ

ޑްރަގު ބޯޓުން ހައްޔަރުކުރި ލަންކާގެ ފަސް މީހުން ޝަރީއަތް ނިމެންދެން ބަންދަށް!

ކްރިމިނަލް ކޯޓުގެ ގާޒީ ފާއިޒް ސަސްޕެންޑްކޮށްފި





