logoEN
Sto top
ކްރިމިނަލް ކޯޓުގެ ގާޒީ ފާއިޒް ސަސްޕެންޑްކޮށްފި

ކްރިމިނަލް ކޯޓުގެ ގާޒީ ފާއިޒް ސަސްޕެންޑްކޮށްފި

އަހުމަދު ޝުރާއު

logo

10/23/2025, 8:07:44 AM

# ކްރިމިނަލް ކޯޓު

-

ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒް ރަޝާދު ސަސްޕެންޑް ކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

Wamco

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އޭނާ ސަސްޕެންޑްކުރީ ބަލަމުންދާ މައްސަލައަކާ ގުޅިގެން އިއްޔެ އެވެ. ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް މިހާތަނަކަށް ޖޭއެސްސީއިން ހާމައެއް ނުކުރެއެވެ.

އޭނާ ސަސްޕެންޑްކުރީ ފަނޑިޔާރަކު ސަސްޕެންޑްކުރެވޭ އެންމެ ދިގު މުއްދަތު ކަމަށްވާ 60 ދުވަހުގެ މުއްދަތަށެވެ.

ފާއިޒް ސަސްޕެންޑު ކޮށްފައިމިވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅޭ ކަމަށް ފުލުހުން ތުހުމަތުކުރާ އަލީ އަންވަރު މުހައްމަދު ބަންދުން ދޫކޮށްލުމާއިއެކު ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށެވެ. އަންވަރު ދޫކޮށްލާފައި ހުއްޓައި މަސްތުވާތަކެތީގެ އެހެން މައްސަލައެއްގައި މިދިޔަ ހަފްތާގައި ހައްޔަރުކޮށް ބަންދަށް ފަސް ދުވަސް ކްރިމިނަލް ކޯޓުން ދިނެވެ. ކޯޓުން ދިން މުއްދަތު ހަމަވެގެން އޭނާގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އެއްވެސް ޝަރުތަކާ ނުލައި އަންވަރު ދޫކޮށްލިއެވެ. އެމައްސަލައިގައި ގާޒީއަކަށް އިންނެވީ ފާއިޒު ކަމަށް މައުލޫމާތު ލިބެއެވެ.

ފާއިޒް މީގެކުރިން 2021 ވަނަ އަހަރު ވެސް ދެ މަސް ދުވަހަށް ސަސްޕެންޑުކޮށްފައިވެއެވެ. އޭރު ފާއިޒް ސަސްޕެންޑް ކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ޝަރީއަތާ ގުޅޭގޮތުން ފަނޑިޔާރުންތަކެއް ދެއްކެވި ކަމަށް ބުނާ އޯޑިއޯތަކުގެ މައްސަލައެއްގައެވެ. ލީކުވި އޯޑިއޯތަކުގެ މައްސަލައިގައި ގާޒީ ފާއިޒުގެ އަޑު ދިމާނުވާތީ ސަސްޕެންޝަން އޭރު ވަނީ އުވާލައިފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC