logoEN
Sto top
ކޯޓް ކޮމްޕްލެކްސްއެއްގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފި

ކޯޓް ކޮމްޕްލެކްސްއެއްގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފި

އަހުމަދު ޝުރާއު

logo

9/16/2025, 9:45:59 AM

# ކްރިމިނަލް ކޯޓު

-

ޑިޒައިން، ބިލްޑް އަދި ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކޯޓް ކޮމްޕްލެކްސްގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މާލީ ވުޒާރާ އާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވުޒާރާއިން އިއުލާންކޮށްފި އެވެ.

Wamco

މި ބީލަން ކުރިއަށްގެންދަން އިއުލާނުކޮށްފައިވަނީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވައިދު" އާއި މިނިސްޓްރީ އޮފް އިކޮނޮމިކް އެންޑް ޑިވޮލޮޕްމަންޓް އެންޑް ޓްރޭޑްގެ "ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ" އާއި އެއްގޮތްވާގޮތަށެވެ.

މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަީ އިންޓަރނޭޝަނަލް ކޮމްޕެޓެޓިވް ބިޑިންގ (އަ.އި.ސީ.ބީ) އުސޫލުން ދައުލަތުގެ މާލިއްޔަތުގެ ގަވައިދު (R-158/2023) އާއި އެއްގޮތްވާ ގޮތުގެމަތިންނެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެކަމަށް މިނިސްޓްރީގެ އިއުލާނުގައި ވަނީ ފާހަގަކޮށްފައި އެވެ.

މި ބީލަމުގައި ބައިވެރިވުމަށް -/1،500 ރުފިޔާ (އެއްހާސް ފައްސަތޭކަ ރުފިޔާ)ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެ އެވެ. ފައިސާ ބަލައިގަންނާނީ 14 ސެޕްޓެމްބަރ 2025 އިން 6 އޮކްޓޯބަރ 2025 އަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 އިން 14:00 އަށް މާލީ ވުޒާރާގެ އޮންލައިން ޕޭމަންޓް ޕޯޓަލް – ބަނޑޭރި ޕޭ (https://bandeyripay.finance.gov.mv) މެދުވެރި ކޮށެވެ. އަދި ފައިސާ ދެއްދުމަށްފަހު، ބީލަމަށް ޖަރިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް އަދި ފައިސާ ދެއްކި ރަސީދުގެ ކޮޕީ ތިރީގައިވާ އީމެއިލްއެޑްރެހަށް ފޮނުއްވަންވާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިއުންތައް ސޮޕްތްކޮޕީ ފޯރމެޓްގައި މާލީ ވުޒާރާގެ ވެބްސައިޓް އިން 15 ސެޕްޓެމްބަރ 2025 ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށާއި މި ބިޑާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މައުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބިޑަށް ކުރިމަތިލާ ފަރާތުގެ ޒިންމާ އެއްކަމަށްވެސް މިނިސްޓްރީން ފާހަގަކުރެއެވެ.

މި ޕްރޮޖެކްޓްގެ ޕްރީބިޑް ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފަވަނީ 22 ސެޕްޓެންބަރު 2025ވާ ހޯމަ ދުވަހުގެ 10:00:00ގައި އޮންލައިންކޮށް މައިކްރޯސޮފްޓް ޓީމްސް މެދުވެރިކޮށެވެ. ޕްރީބިޑް ބައްދަލުވުމުގެ އިތުރު މައުލޫމާތު ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެވެ. މި ޕްރޮޖެކްޓްތަކާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 23 ސެޕްޓެންބަރު 2025ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.

މިޕްރޮޖެކްޓު ތަކުގެ ބިޑު ހުށަހަޅަންޖެހޭނީ ބީލަން ޕޯޓަލް މެދިވެރިކޮށް 8 އޮކްޓޯބަރ 2025 ވާ ބުދަ ދުވަހުގެ މެންދުރު 10:00:00ގެ ކުރިންނެވެ. އަދި މިޕްރޮޖެކްޓު ތަކުގެ ބިޑު ހުޅުވުން އޮންނާނީ 8 އޮކްޓޯބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 13:00:00 ގައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC