
އާއިލާއާއި ކިޔެވުމަށް އެހީވާން މަގުމަތީގައި ފޮތް ވިއްކައިގެން، ބޮޑު ފިހާރައެއްގެ ވެރިޔަކަށް
IMG_2797.MOV copy
އިނގިރޭސި އަދަބިއްޔާތުގެ ރޮނގުން ގްރެޖުއޭޓްވެފައިވާ ޝާދީ އަބޫ ނާސިރު 2007 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ވެސް މަސައްކަތް ކުރައްވަމުން ގެންދަވަނީ ބުކް ޓްރޭޑިންގ ދާއިރާގަ އެވެ. ފުރުސަތުގެ ބޭނުން ކޮށްގެން ފޮތްތަކުގެ ދާއިރާގައި މަސައްކަތް ކުރަން ފެށީ، 2006 ވަނަ އަހަރު ހައި ސްކޫލަށް ތައްޔާރުވަމުން ދަނިކޮށް މާލީ ގޮތުން ދިމާވި ދަތިތަކުގެ ސަބަބުންނެވެ.

ނާސިރު ބުނި ގޮތުގައި، އޭނާ އަތުގައި އެވަގުތު ވިއްކާލަން ބޭނުންވެފައި ހުރި ގިނަ ފޮތްތަކެއް ހުރި ކަމަށާއި، ހާލަތުގެ ސަބަބުން އެކަން ކުރުމަށް މަގުމަތީގައި އޭނާގެ ރަހްމަތްތެރިޔަކާއެކު ފެށި މަސައްކަތުން އެންމެ ފުރަތަމަ ދުވަހުވެސް މީހުންގެ ފަރާތުން ލިބުނު ތަރުޚީބު ފެނިފައި އޭނާ އަޖައިބުވި ކަމަށެވެ.
އެއީ އެންމެ ފުރަތަމަ އޭނާ ފޮތް ވިއްކި ގޮތެވެ. އެންމެ ފުރަތަމަ ފޮތް އޭނާ ވިއްކީ އެންމެ 5 ޑޮލަރަށެވެ. އަދި އެކަމަކީ އޭނާގެ އާއިލާއިން އެހާ ބޭނުންވި ކަމަކަށް ނުވި ނަމަވެސް ހާލަތު އޭނާއަށް މަޖުބޫރުކުރުވި އެކަމުގެ ކާމިޔާބީ ފެނުމުން އެމީހުންވެސް ފަހުން އެކަމަށް އެއްބަސްވީ ކަމަށް ނާސިރު ބުންޏެވެ.
އޭގެ ފަހުގައި އޭނާ އެކަމަށް އިންވެސްޓު ކުރަން ފަށައި ފޮތް ސަޕްލައި ކުރާ މީހުންނާއެކު އެއްބަސްވުން ހަދައި އަމިއްލައަށް ފޮތް ގަނެގެން ވިއްކަން ފެށިއެވެ. އަދި އޭގެ ފަހުގައި ބެއިރޫތު ސީރިޔާ އަދި މިސްރުން ފޮތްތައް އިމްޕޯޓުކޮށް އޭނާގެ ވިޔަފާރި ފުޅާކުރަން ފެށިއެވެ. އެގޮތުން ކުދި ވިލެޖުތަކަށް ގޮސް ބުކް ފެއަރތައް ބާއްވަންފެށިއެވެ.
މިކަން ކުރުމުގައި ނާސިރަށް އެތަކެއް ގޮންޖެހުންތަކަކާވެސް ކުރިމަތިލާން ޖެހުނެވެ. އެހެން ނަމަވެސް ހިތްވާރާއެކު ކުރި މަސައްކަތުންނާއި އޭނާއަށް ތާއީދުކުރާ ފަރާތްތަކުގެ އެހީގައި އެހުރިހާ ކަމަކުން އަރައިގަނެ ނާސިރު ދަނީ އޭނާގެ ވިޔަފާރި ދުވަހެއް ދުވަހަކަށް ކުރިއަރުވަމުންނެވެ.
ކިޔުންތެރިން ބޭނުންވާ ކޮންމެ ފޮތެއް، ކޮންމެ ބަހަކުން ވިޔަސް، ކޮންމެ ނަމެއް ނުވަތަ މައުޟޫއެއް ހިމަނައިގެން ގެނެސްދިނުމުގެ ޤާބިލުކަން އަޅުގަނޑުމެންގެ ކިބައިގައި އެބަހުރި. މި ފިހާރަ ގާއިމު ކުރީ ވަރަށް މަސައްކަތުން، ވަރަށް ބުރަ މަސައްކަތުން. އެންމެ ފުރަތަމަ އަޅުގަނޑު މަގުމަތީގައި ވިއްކަން އުޅުނީ، އެކަމަކު އަޅުގަނޑާއި މުނިސިޕަލްޓީއާ ދޭތެރޭގައި ދެބަސްވުމެއް ހިނގި. އެކަމުގެ ސަބަބުން މަގުމަތީގައި ކުރަމުންދިޔަ ވިޔަފާރި ހުއްޓާލަންޖެހުނު. އެހެން ނަމަވެސް އަޅުގަނޑުމެންގެ ސަޕޯޓަރުން އެކަމާ ދެކޮޅަށް ކެމްޕެއިނެއް ފަށައި ބޮޑު ތަރުޚީބެއް ލިބުމުން އަހަރަކު 5000 ޑޮލަރު ދައްކާގޮތަށް ފިހާރަ ހިންގުމުގެ ލައިސަންސް ލިބުނީ. - ނާސިރު ބުންނެވެ.
ނާސިރު އުންމީދުކުރަނީ އޭނާއަކީ މެދުއިރުމަތީގެ އެންމެ ބޮޑު ބުކްޝޮޕްގެ ވެރިޔަކަށް ވުމެވެ. އޭނާ ހުރީ އެކަން ކާމިޔާބުކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް ތައްޔާރަށެވެ. ނާސިރު ބުނާ ގޮތުގައި ހިތްވަރާއެކު ކުރާ ކޮންމެ މަސައްކަތަކުންވެސް ކާމިޔާބު ލިބޭނެ ކަމަށެވެ. އޭނާގެ ފިހާރަ މިހާރުވެސް ހިންގަނީ މަގުމަތީގައެވެ. ނަމަވެސް ގިނަ މުވައްޒަފުންނާއި އެތަކެއް ފޮތްތަކާއެކު ހުއްދަ އޮތް ވިޔަފާރިއެއްގެ ގޮތުގައެވެ.