logoEN
cocacola
ރަޝިއާގެ ޓޫރިސްޓުންނަށް ފިންލޭންޑުން ބޯޑަރު ބަންދު ކުރަނީ

ރަޝިއާގެ ޓޫރިސްޓުންނަށް ފިންލޭންޑުން ބޯޑަރު ބަންދު ކުރަނީ

އަހުމަދު ޝުރާއު

logo

9/29/2022, 7:36:02 PM

# ރަޝިއާ# ރަޝިއާ - ފިންލޭންޑް

lcimg-152192b4-7e8f-4105-9061-4bc62fb6cb83

ފިންލޭންޑުގެ ބޯޑަރު ރަޝިއާގެ ޓޫރިސްޓުންނަށް ބަންދު ކުރަން ނިންމައިފި އެވެ.

ގޮސިޔާ

ފިންލެންޑުން ބުނީ އެގައުމުގެ ބޯޑަރު ރަޝިއާގެ ފަތުރުވެރިންނަށް ބަންދުކުރާނީ އެގައުމުގެ ގަޑިން މިރޭ ރޭގަނޑު 9:00 އިން ފެށިގެން ކަމަށެވެ.

ބުރާސްފަތި ދުވަހު ސަރުކާރުން ބުނީ މި ފިޔަވަޅުގެ ސަބަބުން ބޯޑަރު ހުރަސްކޮށް ކުރާ ޓްރެފިކަށް ބޮޑު ދަށްވުމެއް އަންނާނެ ކަމަށް ބެލެވޭ ކަމަށް ބުނެފައެވެ.

ފިންލޭންޑްގެ ޚާރިޖީ ވަޒީރު ޕެކާ ހާވިޓޯ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ، އާއިލީ ދަތުރުފުޅުތަކުގައި އުޅުއްވާ ބޭފުޅުންނާއި، ވަޒީފާ އަދާކުރާ ނުވަތަ ކިޔަވާ ފަރާތްތަކަށް އަދިވެސް އެޤައުމަށް ވަނުމުގެ ހުއްދަ އޮންނާނެ ކަމަށެވެ.

ސަރުކާރުން އެ ނިންމުން ޖަސްޓިފައި ކުރީ ފިންލެންޑަށް މިހާރު ރަޝިއާގެ ޓޫރިސްޓުން އަންނަން ފަށާފައިވާ ތީ އެކަމުގެ ސަބަބުން އެ ގައުމުގެ ބައިނަލްއަގުވާމީ ގުޅުންތަކަށް ނުރައްކާވަމުންދާ ކަމަށް ބުނެ އެވެ.

ރަޝިއާ އާއި ފިންލެންޑް ބޯޑަރުގައި ބޮޑެތި ކިއުތައް އުފެދިފައި މިވަނީ، ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމައަށް އެހީތެރިވުމުގެ ގޮތުން ލަޑީމިއާ ޕޫޓިން ވަކި ކޮޅަކަށް ޖަމާވުމަށް އަމުރު ކުރެއްވި ފަހުންނެވެ.

ނޯވޭގެ ބޯޑަރު ހުރަސްކޮށް، ފިންލެންޑްގެ އުތުރުގައި އޮންނަ ޖޯޖިއާ، ކަޒަކިސްތާން އަދި މޮންގޯލިއާ ފަދަ ގައުމުތަކަށް ވެސް ރަޝިއާގެ ގިނަ ބަޔަކު ފިލައިގެން ގޮސްފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ