logoEN
cocacola
ޕޫޓިންގެ އުފަންދުވަހު ބެލަރުސްގެ ރައީސް ދެއްވީ ތަފާތު ހަދިޔާއެއް

ޕޫޓިންގެ އުފަންދުވަހު ބެލަރުސްގެ ރައީސް ދެއްވީ ތަފާތު ހަދިޔާއެއް

އަލްފާ އަލީ

logo

10/8/2022, 5:00:21 PM

# ޕޫޓިން# ރަޝިއާ

media_524f02a06ac64215be4d7ab46d14f42fRussia_Putin_at_70_31743

ރަޝިއާގެ ރައީސް، ލެމިޑިއާ ޕޫޓިންގެ އުފަންދުވަހުގެ މުނާސަބަތުގައި ބެލަރޫސްގެ ރައީސް، އެލެކްސެންޑާ ލުކަޝެންކޯ ޕޫޓިންއަށް ތަފާތު ހަދިޔާއެއް ދެއްވައިފިއެވެ.

ގޮސިޔާ

ކުރީގެ ސޯވިއެޓް އިއްތިހާދުގެ ގިނަ ގައުމުތަކެއްގެ ވެރިން ސެއިންޓް ޕީޓަސްބާގްގެ ޒަރިސްޓް ޒަމާނުގެ ކޮންސްޓަންޓީން ޕެލެސްގައި ބޭއްވި ބައްދަލުވުމުގެ ހަވާސާގައި ބެލަރޫސްގެ ރައީސް އެލެގްޒެންޑާ ލުކަޝެންކޯ ޕޫޓިން އަށް ހަދިޔާއެއްގެ ގޮތުގައި ދެއްވީ ޓްރެކްޓަރެކެވެ. އެ ބައްދަލުވުމުގައި ލުކަޝެންކޯ ޕުޓިންއަށް ދެއްވީ ޓްރެކްޓަރުގެ ތަޅުދަނޑިއާއި އުޅަނދުގެ ލިޔެކިއުންތަކެވެ. ޓްރެކްޓަރަކީ ސޯވިއެޓް ދުވަސްވަރުން ފެށިގެން ބެލަރޫސްގެ ފަޚުރެކެވެ.

ކުރީގެ ސޯވިއެޓް އިއްތިހާދުގައި ވެރިކަންވެސް ކުރެއްވި، ރައީސް ލުކަޝެންކޯ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ، ޕޫޓިންއަށް ހަދިޔާ ކުރެއްވި ފަދަ މޮޑެލްއެއް އޭނާގެ ބަގީޗާގައި ބޭނުން ކުރެއްވި ކަމަށެވެ.

ލުކަޝެންކޯގެ އޮފީހުން ދިން މި ހަދިޔާއަށް ރަޝިޔާގެ ލީޑަރު ޖަވާބު ދެއްވީ ކިހިނެތްކަމެއް އަދި ސާފުވެފައެއް ނުވެއެވެ. ކުރީގެ ސޯވިއެޓް އިއްތިހާދުގެ ގައުމުތަކުގެ މެދުގައި އުފެދިފައިވާ ހަމަނުޖެހުންތައް ހައްލުކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރުމުގެ ބޭނުންތެރިކަމުގެ ވާހަކަ ދެއްކެވި އިރު، ބައްދަލުވުން ފެށުމުގެ ގޮތުން ޓީވީ މެދުވެރިކޮށް ދެއްވި ތަގުރީރުގައި ޕުޓިން އެ ހަދިޔާގެ ވާހަކަ ވިދާޅުވެފައެއް ނުވެ އެވެ.

ޕޫޓިން ވަނީ ޓެރަރިޒަމާއި، މަސްތުވާތަކެއްޗާއި، އެނޫންވެސް ކުށްތައް ހުއްޓުވުމަށްޓަކައި މަޢުލޫމާތު ބަދަލުކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް އަލިއަޅުއްވައިލެއްވިއެވެ.

ކުރީގެ ސޯވިއެޓް އިއްތިހާދުގެ ލުއި އެލަޔަންސެއް ކަމަށްވާ ކޮމަންވެލްތު އޮފް އިންޑިޕެންޑެންޓް ސްޓޭޓްސްގެ ލީޑަރުން އަންނަ ހަފްތާގައި ކަޒަކިސްތާނުގެ ވެރިރަށް އަސްތާނާގައި ބައިވެރިވެވަޑައިގަތުމަށް އިތުރު އެއްވުމެއް ބާއްވަންވެސް ވަނީ ނިންމާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ