logoEN
cocacola
ރަޝިއާގެ ބިލިއަނަރެއް އޭނާގެ ޔޮޓްތައް ސީޒްކުރި މައްސަލައެއްގައި ފަރަންސޭސި ކަސްޓަމްސްއާ ދެކޮޅަށް ދައުވާކޮށްފި

ރަޝިއާގެ ބިލިއަނަރެއް އޭނާގެ ޔޮޓްތައް ސީޒްކުރި މައްސަލައެއްގައި ފަރަންސޭސި ކަސްޓަމްސްއާ ދެކޮޅަށް ދައުވާކޮށްފި

އަހުމަދު ޝުރާއު

logo

9/15/2022, 11:03:22 PM

# ރަޝިއާ

1-113617l-2560x1440

ރަޝިއާގެ ބިލިއަނަރެއް އޭނާގެ ޔޮޓްތައް ސީޒްކުރި މައްސަލައެއްގައި ފަރަންސޭސި ކަސްޓަމްސްއާ ދެކޮޅަށް ދައުވާކޮށްފި އެވެ.

ގޮސިޔާ

ރަޝިއާގެ ބިލިއަނަރަކު ފަރަންސޭސި ކަމާބެހޭ ފަރާތްތަކާ ދެކޮޅަށް ދައުވާ ކުރަނީ އޭނާގެ ދެ ޔޮޓަކަށް އަލުން އެކްސެސް ހޯދުމުގެ މަގުސަދުގައި ކަމަށް ވާއިރު، އީޔޫގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ލިސްޓުގައި އޭނާ ހިމެނުނު ނަމަވެސް، އެ ދެ ޔޮޓް އިމޯބިލޭޓް ކުރުމުގެ ހައްގު ކަސްޓަމްސް އޮފިޝަލުންނަށް ލިބިގެން ނުވާ ކަމަށް އޭނާގެ ގާނޫނީ ވަކީލު ބުރާސްފަތި ދުވަހު ވަނީ ވިދާޅުވެފައެވެ.

ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިންއާ ގުޅުން އޮންނަ ކަމަށް ބުނެ މިދިޔަ މާޗްމަހު އީޔޫއިން ދަތިކުރުމުގެ ފިޔަވަޅު އެޅި ރަޝިޔާގެ އަލްފާ-ބޭންކުގެ އެންމެ ބޮޑު އެއް ހިއްސާދާރު ކަމަށްވާ އެލެކްސީ ކުޒްމިޝެވް ދައުވާކުރަނީ، އެންޓިބޭޒް އެންޑް ކާންސްގެ ކޯޓް ޑި އަޒުރު ޓައުންސްގައި ބޭއްވި އޭނާގެ ބޯޓުތައް ކަމަށްވާ "ލަ ޕެޓިޓް އަވަރސް" އާއި "ލަ ޕެޓިޓް އަވަރސް 2" ހިފެހެއްޓި މައްސަލައިގައި އެވެ.

މިކަމާ ގުޅޭ ގޮތުން ފްރާންސްގެ ކަސްޓަމްސް އޮފީހުގެ ބަހެއް ހޯދުމަށް ރޮއިޓާސްއިން ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފަ އެވެ.

އޭނާގެ ޔޮޓްތަށް ހޯދުމަށް ކުޒްމިޝެވް ހުށަހެޅުއްވި މައްސަލައިގެ ހުކުމް އަންނަ އޮކްޓޯބަރު މަހުގެ 5 ވަނަ ދުވަހު އިއްވަން ހަމަޖެހިފައިވާ ކަމަށް އޭނާގެ ވަކީލު ވަނީ ވިދާޅުވެފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ