
big_fEkE6gmyDK6M7MTpV30vnwE8c
ސިވިލް ކޯޓުގެ ޤާޟީ އަލީ އަބްދުﷲގެ ސުލޫކީ މައްސަލައެއް ބަލަން ނިންމާފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) ވިދާޅުވެއްޖެއެވެ.

ޖޭއެސްސީން ނެރުނު ބަޔާނެއްގައި ވިދާޅުވީ، އަލީ އަބްދުﷲ ގެ ސުލޫކީ މައްސަލައެއް ބަލަން އެކޮމިޝަނުން ނިންމާފައިވަނީ އަވަހަށް ބަލައި ނިންމަންޖެހޭ ބާވަތުގެ މައްސަލައެއް އަވަހަށް ހިންގުމުގައި ފަރުވާކުޑަކޮށް އެކަށީގެން ނުވާ މިންވަރަށް ލަސްކޮށްފައިވާ ކަމަށް ބެލެވޭ މައްސަލައިގައި ކަމަށެވެ.
އެ ޤަޟިއްޔާ ބަލަމުންދާ ޤާޟީ ޢަލީ ޢަބްދު ﷲގެ ސުލޫކީ މައްސަލައެއް ތަޚްޤީޤުކުރަން ފެންނަކަމަށް ނިންމާ މި މައްސަލަ ތަޙްޤީޤުކުރުމަށް ތަޙްޤީޤު ކޮމިޓީއަކާ ޙަވާލުކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެކޮމިޝަނުން މިއަދު ނެރުނު ބަޔާނުގައި ވިދާޅުވީ، އެގޮތަށް ނިންމާފައިވަނީ 2022 ސެޕްޓެންބަރު 21 ވަނަ ދުވަހު ބޭއްވުނު އެކޮމިޝަންގެ 65 ވަނަ ޖަލްސާގައި ކަމަށެވެ.
ގުޅުންހުރި

ގަވާއިދާ ހިލާފަށް މަސްވެރިކަންކުރި ބޭރުގެ ބޯޓެއް ދައުލަތަށް ނަގަން ހުކުމްކޮށްފި

ކުރީގެ މެންބަރު މުސްތަފާއަށް މިލިއަނަކަށް ވުރެ ރުފިޔާ ގިނަ ދައްކަން އަކްރަމް ކަމާލުއްދީންގެ މައްޗަށް ޙުކުމްކޮށްފި

އެއް މަސްދުވަހުގެ ތެރޭގައި 35 މިލިއަން ރުފިޔާ ކުންފުންޏަކަށް ދައްކަން ފެނަކައިގެ މައްޗަށް ހުކުމްކޮށްފި
