
ގަވާއިދާ ހިލާފަށް މަސްވެރިކަންކުރި ބޭރުގެ ބޯޓެއް ދައުލަތަށް ނަގަން ހުކުމްކޮށްފި
# މަސް ބޯޓު# ސިވިލް ކޯޓުސިވިލް ކޯޓު ހިންގާ ޖަސްޓިސް ބިލްޑިންގ --
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރި ސްރީލަންކާގެ ބޯޓެއް ދައުލަތަށް ނަގަން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ސްރީ ލަންކާގެ "ޕުޝްޕާ ކުމަރަ" ނަމަކަށް ކިޔާ މި ބޯޓު ގަވާއިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކޮށްފައިވާތީ މި ބޯޓުގެ ވެރިފަރާތް ކަމަށްވާ ތަމަންތާ ރުކުމަލް ޕެރޭރާ ވަނީ 400,000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.
އޭނާ ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ހޯދުމަށް ފިޝަރީޒް މިނިސްޓްރީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި, އެ ކޯޓުން ހުކުމްކޮށްފައިވަނީ, އޭނަގެ މައްޗަށް ފިޝަރީޒް މިނިސްޓްރީން ކޮށްފައިވާ ޖޫރިމަނާއަކީ ސާބިތު ދަރަންޏެއް ކަމަށް ކަނޑައަޅާ ކަމަށާއި އެހެންވެ، އެ ފައިސާ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން 30 ދުވަސް ތެރޭގައި ދައްކަން އަންގާ ކަމަށެވެ.
މީގެ އިތުރުންވެސް މަސްވެރިކަމް ކުރި އުޅަނދު "ޕުޝްޕާ ކުމަރަ" ދައުލަތަށް ނެގުމަށްވެސް ސިވިލްކޯޓުން އަމުރުކޮށްފައިވެއެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރާ ބޯޓުތައް އެތަށް ފަހަރެއްގެ މަތީން ހިފަހައްޓައި ޖޫރިމަނާކޮށްފައިވެއެވެ.
ގުޅުންހުރި

ގަވާއިދާ ހިލާފަށް މަސްވެރިކަންކުރި ބޭރުގެ ބޯޓެއް ދައުލަތަށް ނަގަން ހުކުމްކޮށްފި

ކުރީގެ މެންބަރު މުސްތަފާއަށް މިލިއަނަކަށް ވުރެ ރުފިޔާ ގިނަ ދައްކަން އަކްރަމް ކަމާލުއްދީންގެ މައްޗަށް ޙުކުމްކޮށްފި

އެއް މަސްދުވަހުގެ ތެރޭގައި 35 މިލިއަން ރުފިޔާ ކުންފުންޏަކަށް ދައްކަން ފެނަކައިގެ މައްޗަށް ހުކުމްކޮށްފި
