ޖޮނީ ޑެޕްއާއި އެމްބަރ ހާޑްގެ ޝަރީއަތުގެ މައްޗަށް ފިލްމެއް ހަދަނީ
އަލްފާ އަލީ
9/29/2022, 9:29:48 AM
Screenshot 2022-09-29 at 09.29.23
މަޝްހޫރު ބޮލީވުޑްގެ ތަރިންކަމުގައިވާ ޖޮނީ ޑެޕް އާއި އެމްބަރ ހާޑްގެ ޝަރީއަތުގެ މަޖިލީހުގެ ކަންކަން ދިޔަ ގޮތް ދައްކުވައިދޭ ފިލްމެއް ނެރެން ނިންމައިފިއެވެ.
"ހޮޓް ޓޭކް: ދަ ޑެޕް/ހާޑް ޓްރަޔަލް"ގެ ނަމުގައި އުފައްދާ މި ފިލްމުގެ ޓްރެއިލާ އެއް ބުދަ ދުވަހު ރިލީޒްކޮށްފައިވާއިރު، އެ ޓްރެއިލާގައި ޖޮނީ ޑެޕް އާއި އެމްބަރ ހާޑްގެ ރޯލުން ފެނިގެންދާނީ މާކް ހަޕްކާ އާއި މޭގަން ޑޭވިސް އެވެ. ޓްރެއިލާގައި ފެނިގެން ދަނީ ޑެޕްގެ ގޮތުގައި ހަޕްކާ ކޯޓު ރޫމްގައި އިށީނދެގެން އިންނަ މަންޒަރުތަކެކެވެ. މި ފިލްމު ހަދަނީ ޓިއުބީ އިންނެވެ.
އެ މައްސަލައިގެ އަސްލު އަޑުއެހުންތަކަށްފަހު 15 ވަރަކަށް ގަޑިއިރު ވަންދެން 7 ފަނޑިޔާރުންގެ ޕެނަލުން މަޝްވަރާކުރުމަށް ފަހު ނިންމީ. "ޕައިރޭޓްސް އޮފް ދަ ކެރީބިއަންގެ ތަރި ޖޮނީ ޑެޕް އަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި އޭނާގެ ކުރީގެ އަނބިމީހާ އެމްބަރ ހާޑް 15 މިލިއަން ދިނުމަށެވެ. މި މައްސަލަ ކާމިޔާބުކުރީ ޖޮނީ ޑެޕް އެވެ.
އުމުރުން 58 އަހަރުގެ ޑެޕް އޭނާގެ ކުރީގެ އަނބިމީހާ އެމްބަރ ހާޑް އާ ދެކޮޅަށް 50 މިލިއަން ޑޮލަރު ހޯދުމަށް އަބުރުގެ ދައުވާ ކޮށްފައިވަނީ، އެދެމީހުން ވަކިވުމަށް ފަހު، އެމްބަރ ހާޑް އޭނާއާ ދެކޮޅަށް ދައްކާފައިވާ ވާހަކަ ތަކުގެ ސަބަބުން އޭނާގެ ކެރިއަރަށް އެކަމުގެ އަސަރުކޮށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ މައްސަލައިގައެވެ.
މިމައްސަލައިގެ އަޑުއެހުންތަކުގައި ޑެޕް ކިޔައިދިން ގޮތުގައި، އޭނާ "އަކުއާމޭން" އެކްޓްރެސްއާ ދެކޮޅަށް ދައުވާކުރީ އޭނާގެ އަބުރު ކަތިލުމަށް މަސައްކަތް ކޮށްފައިވާތީ، އޭނާގެ ކުށެއް ނެތްކަން ދުނިޔެއަށް ހާމަކުރުމަށް ކަމަށެވެ.
އުމުރުން 36 އަހަރުގެ އެމްބަރ ހާޑް ވަނީ، ޑެޕް އޭނާއަށް ޖިސްމާނީ ގޮތުންނާއި ޖިންސީ ގޮތުން ގޯނާކޮށްފައިވާ ކަމަށް ތުހުމަތު ކޮށްފައެވެ. އެގޮތުން ޑެޕް އޭނާއަށް ބަނގުރާ ފުޅިއެއް ބޭނުންކޮށްގެން ގަދަކަމުން ޖިންސީ ގޯނާކުރި ކަމަށް ހާޑް ވަނީ ބުނެފައެވެ.