
--
ސެލީނާ ގޯމޭޒް ރެކޯޑް ޕްރޮޑިއުސަރު ބެނީ ބްލެންކޯއާ އެންގޭޖްވިކަން އިއުލާން ކޮށްފިއެވެ.

ސެލީނާ މި އުފާވެރި ޚަބަރު އޭނާގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައިއެވެ. އަދި މިއާއިއެކު އޭނާ ވަނީ އޭނާގެ އެންގޭޖްމަންޓް ރިންގުގެ ފޮޓޯތަކެއްވެސް ޕޯސްޓްކޮށްފަ އެވެ. އަދި މި ފޯސްޓުގު ކެޕްޝަނުގައި "ފޯއެވާ ބިގިންސް ނައު..،"މިފަދައިން ލިޔެފައިވެއެވެ.

އަދި ވީޑިއޯ ކޯލެއްގައި ސެލީނާ މީހަކަށް އަނގޮޓި ދައްކާ މަންޒަރު ފެންނަ ކްލިޕެއް ވެސް އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ޕޯސްޓްކޮށްފަ އެވެ. ސެލީނާ "ޔެސް ޓު ދިސް" މިފަދައިން އެމީހަކު ކައިރި އަނގޮޓި ދައްކާލަމުން ވަރަށް ހިނިއައިސްފައި ހުރެ ބުނާތަން ފެނެއެވެ. އަދި ކޯލްގައި ހުރި މީހާ އުފަލުން ހަޅޭއްލަވާ އަޑު އިވެއެވެ.

ބެނީ ފަހުން ވަނީ ސެލީނާގެ މި ޕޯސްޓު އޭނާގެ އަމިއްލަ އިންސްޓަގްރާމް ސްޓޯރީޒްގައި ހިއްސާކޮށްފަ އެވެ.
ސެލީނާގެ މި ޕޯސްޓަށް ވަނީ ވަރަށްގިނަ ބައެއްގެ ތަހުނިޔާގެ މެސެޖްތަކެއް ލިބިފައިއެވެ. އެގޮތުން އޭނާގެ ގާތް އެކުވެރިޔާ އަދި ޕޮޕް ސުޕަސްޓާ ޓޭލާ ސްވިފްޓްވެސް ކޮމެންޓްކޮށްފައިއެވެ. ޓޭލާ "ޔެސް އައި ވިލް ބީ ދަ ފްލާވާ ގާލް" މިފަދައިން ކޮމެންޓް ކޮށްފައިވެއެވެ.

އެންގޭޖްވިކަން ސެލީނާ އިއުލާން ކޮށްފައިމިވަނީ ފުރަތަމަ ފަހަރަށް އިންސްޓަގްރާމްގައި ބެނީއާއި އެކު ސެލީނާ ފޮޓޯއެއް އާންމުކުރިތާ އަހަރެއްހާ ދުވަސް ފަހުންނެވެ.
މަސައްކަތުގެ ގޮތުންވެސް އަދި އަމިއްލަ ދިރިއުޅުމުގައި ވެސް ސެލީނާއަށް މިއަހަރަކީ ވަރަށް އުފާވެރި އަހަރެކެވެ.
ގުޅުންހުރި

ޓިމޮތީ ޝަލަމޭ އާއި ސެލީނާ ގޯމޭޒް އެނިމޭޓެޑް ފިލްމު "ނޮޓް އެލޯން" އިން އެކުގައި ފެންނަނީ!

ގޯޑަން ރެމްޒީގެ އާއިލާއަށް އާ މެންބަރަކު އިތުރުވަނީ: ދަރިފުޅު ހޮލީ އާއި އެޑަމް ޕީޓީއަށް ދަރިޔަކު ލިބެނީ!

12 އަހަރަށްފަހު މަގުބޫލު ސީރީޒް "ގިލްމޯރ ގާލްސް" ނެޓްފްލިކްސްއިން އުނިކުރަނީ




