logoEN
cocacola
ވޯލްޑްކަޕާ ދިމާކޮށް ޗައިނާއިން ގަތަރަށް ދެ ޕަންޑާ ހަދިޔާކޮށްފި

ވޯލްޑްކަޕާ ދިމާކޮށް ޗައިނާއިން ގަތަރަށް ދެ ޕަންޑާ ހަދިޔާކޮށްފި

އައިޝަތު އިފާޝާ

logo

9/29/2022, 8:00:00 AM

# ގަތަރު# ޗައިނާ# ފީފާ ވޯލްޑްކަޕް 2022

360_F_346750676_O2eQUSaPrUpUKkM8kn5q2cHLkruyMsYa

ފީފާ ވޯލްޑްކަޕާއި ދިމާކޮށް ޗައިނާއިން ގަތަރަށް ބޮޑު 2 ޕަންޑާ ހަދިޔާކޮށްފިއެވެ. ޗައިނާއިން ހާމަކޮށްފައިވާގޮތުގައި އެ ޕަންޑާތައް ފޮނުވާފައިވަނީ ރަހުމަތްތެރިކަމުގެ ރަމްޒެއްގެ ގޮތުގައި ކަމަށެވެ.

ގޮސިޔާ

ގަލްފް ސްޓޭޓަށް ޗައިނާއިން ކަނޑައަޅާފައި ހުންނަވާ އެމްބަސެޑަރ ޒޫ ޖިއާން ވިދާޅުވީ، މިމަހުގެ 20 ވަނަ ދުވަހު ދޯހާގައި ފަށާ ފުޓްބޯޅައިގެ އެންމެ ބޮޑު މުބާރާތް ފެށުމުގެ ކުރިން މި ޕަންޑާތައް ގަތަރަށް ގެންދެވޭނެ ކަމަށެވެ.

"މިއީ ގަތަރު ވޯލްޑް ކަޕަށް ޗައިނާގެ 1.4 ބިލިއަން މީހުންގެ ފަރާތުން ހުށަހެޅި ހަދިޔާއެއް. ޗައިނާ-ގަތަރު ރަހުމަތްތެރިކަމުގެ އާ ރަމްޒަކަށް ވާނެކަން ކަށަވަރު،" ޒޫ ވިދާޅުވި އެވެ.

1984 ވަނަ އަހަރުން ފެށިގެން ހަދިޔާކުރުމަށްވުރެ ބޮޑަށް ޕަންޑާތައް ވަނީ ކުއްޔަށް ދޫކޮށްފައެވެ. އެހެން ކަމުން ޗައިނާއިން ގެންގުޅޭ ޕެންޑާ ޑިޕްލޮމެސީގެ ދަށުން އެގައުމުން ދަނީ އެހެން ގައުމުތަކަށް ޕަންޑާ ހަދިޔާކުރަމުންނެެވެ.

ޗައިނާއިން ގަތަރަށް ހަދިޔާކުރި ޕަންޑާތަކަށް ކިޔަނީ 'ސުހައިލް' އާއި 'ސޮރާޔާ' އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ