logoEN
cocacola
އާރްޓީއެލް ފެރީގައި ބައިލައްކައަށްވުރެ ގިނަ މީހުން ދަތުރުކޮށްފި

އާރްޓީއެލް ފެރީގައި ބައިލައްކައަށްވުރެ ގިނަ މީހުން ދަތުރުކޮށްފި

އަލްފާ އަލީ

logo

9/28/2022, 10:38:59 AM

# އާރްޓީއެލް

Corp-Feature-Photo-2022-06-26T103808.987 (1)

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) އިން މިހާތަނަށް ބައިލައްކައަށްވުރެ ގިނަ މީހުން ދަތުރުކޮށްފައިވާކަމަށް ޕްލޭނިންގ މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ގޮސިޔާ

އާރްޓީއެލް ފެރީގެ ހިދުމަތް ބޮޑު ތިލަދުންމަތީގައި ފާހަގަކުރުމުގެ ގޮތުން ރޭ ދިއްދޫ ބަނދަރު ސަރަހައްދުގައި ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ، އާރުޓީއެލްގެ ފުރަތަމަ ފިޔަވަހީގައި ޒޯން އެކެއްގައި (ހއ، ހދ އަދި ށ) ފެށުމަށްފަހު މިހާތަނަށް 56،000 އަށް ވުރެ ގިނަ މީހުން އެ ހިދުމަތް ބޭނުންކޮށްފައިވާކަމަށެވެ.

"އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ޒޯން 1 ގައި ހިމެނޭ، ހއ. ހދ. އަދި ށ. އަތޮޅަށް މިހާރު ވަނީ އާރްޓީއެލްގެ ފެރީގެ ހިދުމަތްތައް ފަށާފައެވެ. މި ޒޯންގައި ބޭނުންކުރާ އާރް.ޓީ.އެލް ފްލީޓްގައި ޒަމާނީ 13 ފެރީ މިވަގުތު އޮތް އިރު، މި ޒޯނުގެ 41 ރަށަށް، ހަމަ ކޮންމެ ދުވަހަކުވެސް ޝެޑިއުލް ދަތުރުތައް ކުރެއެވެ.

ރާއްޖެ 6 ޒޯނަކަށް ބަހާލައިގެން، އާރްޓީއެލްގެ ސްޕީޑް ފެރީގެ ޚިދުމަތް މުޅި ރާއްޖޭގައި ފެށިގެންދާއިރު، ރާއްޖޭގެ 188 ރަށުގައި ފެރީ ޓަރމިނަލްތައް ޤާއިމްކޮށް، މުޅިރާއްޖޭގައި ޚިދުމަތް ދިނުމަށް 82 ސްޕީޑްފެރީ އުޅަނދެއް ދަތުރުތަކުގައި ބޭނުންކުރާނެ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ