ހުޅުމާލޭ ފޭސް 2 ގައި އިތުރު ބަސްހުއްޓިއެއް ގާއިމުކޮށް ހިދުމަތްދޭން ފަށައިފި
އައިޝަތު އިފާޝާ
2/1/2024, 7:30:54 AM
އާރްޓީއެލް ބަހަކަށް ސްކޫލް ދަރިވަރުންތަކެއް އަރަނީ - ފޮޓޯ: އެމްޓީސީސީ
ހުޅުމާލޭ ފޭސް ދޭއްގައި އިތުރު ބަސްހުއްޓިއެއް ގާއިމުކޮށް ހިދުމަތްދޭން ފަށައިފިއެވެ.
ހުޅުމާލެ ފޭސް ދޭއްގެ ވިނަރެސް ފްލެޓްތަކުގެ ސަރަހައްދުގައި މި ބަސް ހުއްޓި ގާއިމުކޮށްފައިވަނީ ރައްޔިތުންގެ އެދުމާއި އެއްގޮތަށް ވިނަރެސް ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އާރްޓީއެލް ބަހުގެ ޚިދުމަތް ފަސޭހައިން ފޯރުކޮށްދިނުމަށްޓަކައި ކަމަށް އެމްޓީސީސީން ބުނެއެވެ.
އަދި މިއަދުން ފެށިގެން މި ބަސް ހުއްޓިއަށް އާރްޓީއެލް ބަހުގެ ޚިދުމަށް ލިބޭނެ ކަމަށްވެސް އެމްޓީސީސީން ބުނެއެެވެ.
އެގޮތުން ހުޅުމާލެ ފޭސް ދޭއް އަށް ދަތުރުކުރާ R6 (ހުޅުމާލެ ފޭސް 1 - ފޭސް 2), R7 (ހުޅުމާލެ ފޭސް 2 - ވެސްޓް ޕާރކް), R8 (ހުޅުމާލެ ފޭސް 2 - ކަރނިވަލް) އަދި R9 (ހުޅުމާލެ ފޭސް 2 - އެއަރޕޯޓް) ގެ ރޫޓްތަކުން ވިނަރެސް ބަސް ހުއްޓިއަށް ޚިދުމަތް ދެވޭ ގޮތަށް ރޫޓަށް ވަނީ ބަދަލުގެނެސްފައި ކަމަށްވެސް އެމްޓީސީސީން ބުނެއެވެ.
އާރްޓީއެލް ބަހުގެ ޚިދުމަތުގެ ރޫޓުތަކާއި ޝެޑިއުލްތަކާއި ގުޅޭ އިތުރު މައުލޫމާތު އާރްޓީއެލް ވެބްސައިޓް ނުވަތަ އާރްޓީއެލް މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ބައްލަވާލެއްވޭނެއެވެ.