logoEN
cocacola
އާރްޓީއެލް ފެރީ ދަތުރުތައް ޅ. އަތޮޅަށް ފަށައިފި

އާރްޓީއެލް ފެރީ ދަތުރުތައް ޅ. އަތޮޅަށް ފަށައިފި

އައިޝަތު އިފާޝާ

logo

11/22/2022, 11:14:25 AM

# އެމްޓީސީސީ# އާރްޓީއެލް

FiIvRoqaUAExZJB

އެމްޓީސީގެ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ދަތުރުތައް ޅ. އަތޮޅަށް ފަށައިފި އެވެ.

ގޮސިޔާ

ޕްލޭނިން މިނިސްޓްރީން ބުނީ، މި ހިދުމަތަށް އަހުލުވެރިކުރުމުގެ ދަތުރުތައްް އިއްޔެ ފަށާފައިވާއިރު، ތިން ރޫޓަކުން އަހުލުވެރިކުރުމުގެ ދަތުރުތައް ކުރިއަށް ދާނެ ކަމަށެވެ. އަދި މި ދަތުރުތަކުގައި އެއްވެސް އަގެއް ނުނަގާނެއެވެ.

އެމްޓީސީސީގެ މި ދަތުރުތަކަށް އާރްޓީއެލްގެ ފެރީތައް ޅ. އަތޮޅަށް ދިޔައީ މި މަހުގެ 16 ގަ އެވެ. އާރްޓީއެލް ޒޯން ދޭއްގައި ހިމެނޭ ޅ. އަތޮޅުގައި އަގު ނަގަން ނިންމާފައި ވަނީ މި މަހުގެ 28 އިން ފެށިގެންނެވެ. އަދި މި ދަތުރުތައް ހަފުތާއަކު ހުރިހާ ދުވަހެއްގައި ދެ ފެރީގައި ދޭ އެވެ.

ރަސްމީކޮށް އަގު ނަގައިގެން ޚިދުމަތް ފެށުމާއެކު، ކަސްޓަމަރުން ޓިކެޓް ބައްލަވައިގަތުމަށް ބޭނުންކުރަންވާނީ އެމްޓީސީސީން އެކަމަށް ހާއްޞަކޮށްފައިވާ ވެބްސައިޓް ނުވަތަ އާރްޓީއެލް ޓްރެވެލް އެޕްް މެދުވެރިކޮށް ކަމުގައި އެމްޓީސީސީން ބުނެއެވެ.

ރަސްމީކޮށް އަގުނަގައިގެން ޙިދުމަތް ދޭން ފެށުނު ކަމުގައިވީނަމަވެސް، ތިން އަހަރުން ދަށުގެ ކުޑަކުދިންނަށާއި، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގައި ރަޖިސްޓްރީ ވެފައިވާ ޙާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހިލޭ ދަތުރުކުރެވޭނެއެވެ.

ރާއްޖޭގައި ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން، އެމްޓީސީސީގެ މަޤްޞަދަކީ އެކަށީގެންވާ އަގުގައި ލުއިފަސޭހަކަމާއެކު ބޭނުންކުރެވޭ، ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެއްގެ ގޮތުގައި ދެމިތިބުމެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ