logoEN
cocacola
ހުޅުމާލޭގައި އައު ބަސްރޫޓަކުން ދަތުރުތައް ފަށަނީ

ހުޅުމާލޭގައި އައު ބަސްރޫޓަކުން ދަތުރުތައް ފަށަނީ

އަލްފާ އަލީ

logo

11/9/2022, 6:27:43 PM

# އާރްޓީއެލް# އެމްޓީސީސީ# ހުޅުމާލެ# ބަހުގެ ހިދުމަތް

4

އާރްޓީއެލްގެ ހިދުމަތް ދެމުން އަންނަ އެމްޓީސީސީން ހުޅުމާލެ ފުރަތަަމަ ފިޔަވަހީގައި ދެމުންދާ ބަހުގެ ޚިދުމަތް ފުޅާކުރުމަށް އައު ބަސްރޫޓަކުން ދަތުރުތައް ފެށުމަށް ނިންމައިފި އެވެ.

ގޮސިޔާ

ނޮވެމްބަރު 11 ވަނަ ދުވަހުން ފެށިގެން R5 ނަމުގައި އިތުރުކުރެވޭ މި ބަސް ރޫޓަކީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ފިތުރޯނު މަގު ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ހުޅުމާލޭގެ މައި ބަސް ރޫޓްތަކާއި ގުޅުވާދިނުމުގެ މަޤުސަދުގައި އިތުރުކުރެވޭ ބަސްރޫޓެއްކަމަށް އެމްޓީސީސީން ބުނެއެވެ.

R5 ރޫޓުގެ ބަހުގެ ޚިދުމަތް ކޮންމެ ދުވަހަކު ހެނދުނު 5:45 އިން އިރުއޮއްސި 18:00 އަށް ފޯރުކޮށްދިނުމަށް ނިންމާފައިވާއިރު ހުޅުމާލޭގެ ކޮންމެ ބަސް ހުއްޓިއަކުންވެސް ބަހުގެ ޚިދުމަތް ކޮންމެ 15 މިނެޓަކުން ލިބިވަޑައިގަންނަވާނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. ނަމަވެސް ހުކުރު ދުވަހުގެ ހުކުރު ނަމާދަށް ހެނދުނު 10:00 އިން މެންދުރު 13:00 އަށް ބަހުގެ ޚިދުމަތް މެދުކަނޑާލެވޭނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

އާރްޓީއެލް ޚިދުމަތަށް އިތުރުކުރެވުނު R5 ބަސް ރޫޓާއެކު އެމްޓީސީސީން ގްރޭޓަރ މާލެ ސަރަހައްދުގައި 12 ބަސް އެ ހިދުމަތް ފޯރުކޮށްދެމުންދާނެ އެވެ.

އެމްޓީސީސީން އަލަށް ތައާރަފްކުރި މި އައު ބަސް ރޫޓުގެ ޚިދުމަތުގެ އަގަކީ -/5 ރުފިޔާއެވެ. ޓިކެޓް ބައްލަވައިގަތުމަށް ކަސްޓަމަރުންނަށް އާރް.ޓީ.އެލް ވެބްސައިޓް އަދި އެޕްލިކޭޝަން ބޭނުންކުރެވޭނެއެވެ. މީގެ އިތުރުން، ދަތުރުކާޑު

ބޭނުންކޮށްގެންވެސް މި ބަސް ރޫޓުގައި ކަސްޓަމަރުންނަށް ދަތުރުކުރެވޭނެއެވެ.

އާރްޓީއެލް ބަހުގެ ޚިދުމަތް 65 އަހަރުން މަތީގެ އިސްރަށްވެހިންނަށާއި، 3 އަހަރުން ދަށުގެ ކުޑަކުދިންނަށް އައި.ޑީ. ކާޑު ދެއްކެވުމުން ހިލޭ ލިބިވަޑައިގަންނަވާނެއެވެ. ހަމައެހެންމެ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން (އެންސްޕާ) އިން ދީފައިވާ ކާޑު ދެއްކުމުން ވެސް ހިލޭ ދަތުރު ކުރެވޭނެއެވެ. މީގެ އިތުރުން، ޔުނިފޯރމްގައި ތިބޭ ސްކޫލް ކުދިންނަށްވެސް ހިލޭ ދަތުރު ކުރެވޭނެއެވެ.

އިތުރުކުރެވުނު އައު ބަސް ރޫޓާއި އެކު ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ދިރިއުޅުއްވާ ރައްޔިތުންނަށް ބަހުގެ ޚިދުމަތް ހޯއްދެއްވުމަށް ދިމާވަމުން އައި ދަތިތަކަށް ހައްލު ލިބި، އިތުރު ލުއި ފަސޭހަކަން ލިބިގެންދާނެކަމަށް އެމްޓީސީސީން ބުނެއެވެ.

ރާއްޖޭގައި ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން، އެކަށީގެންވާ އަގުގައި ލުއިފަސޭހަކަމާއެކު ބޭނުންކުރެވޭ، ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެއްގެ ގޮތުގައި ދެމިތިބުމަކީ އެކުންފުނީގެ މަގްސަދެއްކަމަށް އެކުންފުނިން ބުނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ