logoEN
cocacola
އެމްޓީސީސީ ވޯކް އިން އިންޓަވިއު: 18،000 ރުފިޔާ ލިބޭ ވަޒީފާއެއް

އެމްޓީސީސީ ވޯކް އިން އިންޓަވިއު: 18،000 ރުފިޔާ ލިބޭ ވަޒީފާއެއް

އައިޝަތު އިފާޝާ

logo

1/17/2023, 10:45:39 AM

# އެމްޓީސީސީ# އާރްޓީއެލް

b_KjW0QJVYU5lE230tfVTdqxBKt

އެމްޓީސީސީ އިން 18،000 ރުފިޔާގެ މުސާރައަކާއެކު އާރްޓީއެލް ބަސް ޑްރައިވަރެެއް ހޯދުމަށް ވޯކް އިން އިންޓަވިއުއަކަށް އިއުލާނުކޮށްފިއެވެ.

ގޮސިޔާ

ވޯކް އިން އިންޓަވިއު އަކީ، ވަޒީފާއަށް ކުރިމަތިލުމެއް ނެތި، ކުންފުނިން ހުޅުވާލާ ވަކި ގަޑިއެއްގައި އިންޓަވިއު ކުރާ ތަނަށް ސީދާ ގޮސް ކުރެވޭ އިންޓަވިއުއެކެވެ. މީގެ ކުރިންވެސް ރާއްޖޭގެ ބޮޑެތި ކުންފުނިތަކުން މިފަދަަ އިންޓަވިއުތައް ކޮށްފައިވެއެވެ.

އެމްޓީސީސީން މިއަދު ހެންވޭރު ފެރީ ޓާމިނަލުގައި ބާއްވާ ވޯކް އިން އިންޓަވިއުއަށް އިއުލާނުކޮށްފައިވާއިރު، ވަޒީފާއަށް ހޮވޭ ފަރާތަކަށް 12،000 ރުފިޔާއާއި 18،000 ރުފިއާއާ ދެމެދުގެ މުސާރައެއް ލިބޭނެ ކަމަށް އެކުންފުނިން ބުނެއެވެ.

މި އިންޓަވިއުއަށް ދިއުމަށް ބޭނުން ވާނީ އައިޑީ ކާޑު އަދި ބީ2 ލައިސެންސް އެކަންޏެވެ. މި އިންޓަވިއު ކުރިއަށް ދާނީ މިއަދު ހަވީރު 4:00 އިން އިރުއޮއްސި 6:00 ގެ ނިޔަލަށެވެ.

މި ވަޒީފާގެ ސަބަބުން ލިބޭ އިތުރު ފުރުސަތުތަކަށް ބަލާއިރު، މެޑިކަލް އިންޝުއަރެންސް، ޓްރެއިނިން އަދި ކެރިއާ ޑިވެލޮޕްމެންޓް ފުރުސަތުތައް ހިމެނެއެވެ.

އެމްޓީސީސީ އިން އާރްޓީއެލްގެ ބަސްތައް އޮޕަރޭޓް ކުރުމަށް ބޭނުންވާ ބަސް ޑްރައިވަރުން ހޯދަން ދޭތެރެއަކުން އިއުލާން ކުރެއެވެ. އަދި އެކަމަށް ބޮޑު ތަރުޙީބެއް ވެސް ލިބެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ