logoEN
cocacola
ފެނަކައިގެ އެމްޑީއަށް ފުރިހަމައަށް އިތުބާރުކުރަން: ރައީސް

ފެނަކައިގެ އެމްޑީއަށް ފުރިހަމައަށް އިތުބާރުކުރަން: ރައީސް

އަޙްމަދު ޖަމީލު

logo

9/28/2022, 7:18:12 AM

# ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު# ފެނަކަ ކޯޕަރޭޝަން ލިމިޓެޑް

CC543ACF-9BED-40AA-8DF3-DE2CA2EE4023

ފެނަކަ ކުންފުނީގެ ޗެއާމަން މުހައްމަދު ރަޝީދާއި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދަށް ފުރިހަމައަށް އިތުބާރުކުރައްވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ގޮސިޔާ

ރައީސް މިހެން ވިދާޅުވެފައި ވަނީ ހއ. އުތީމުގެ އާ އިންޖީނުގެ އާއި އޮފީސް އިމާރާތް ހުޅުވުމަށް އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް މިހެން ވިދާޅުވެފައިވަނީ، ފެނަކަ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ވަހީދު (އިބުރޭ) މަގާމުން އިސްތިއުފާދެއްވަމުން ފެނަކައިގެ ޗެއާމަނަށާއީ އެމްޑީއަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެއްވުމާ ގުޅިގެންނެވެ.

އެގޮތުން އިބުރޭ ވިދާޅުވެފައިވަނީ، ފެނަކައިގެ ދަރަނި 1.2 ބިލިއަނަށް އެރީ އެ ދެބޭފެޅުންގެ ނާގާބިލުކަމުގެ ސަބަބުން ކަމަށާއި އަދި ފެނަކައިން ބައެއް އަމިއްލަ ކުންފުނިތަކަށް ފައިސާ ދޭން ޖެހޭއިރު އެ ފައިސާ ދީފައިނުވާ ކަމަށެވެ. ނަމަވެސް ޗެއާމަން އާއި އެމްޑީގެ މަސްލަހަތު އޮންނަ ކުންފުނިތަކަށް ފައިސާ ދޫކުރަމުންދާ ކަމަށެވެ.

ތުހުމަތުތައް ސައީދު ދޮގުކުރައްވަމުން ވިދާޅުވެފައިވަނީ އިބުރޭ އެގޮތަށް ތުހުމަތުތަކެއް ކުރައްވަނީ އޭނާ އެ ކުންފުނީގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރި މައްސަލައެއް ބަލަން ފެށުމުން ކަމަށެވެ.

"ރައްޔިތުންގެ ފުރިހަމަ އިތުބާރު ފެނަކައިގެ އެމްޑީއަށާއި ޗެއާމަން އަދި މުވައްޒަފުންނަށް އެބައޮތް. އަދި ސަރުކާރާއި އަޅުގަނޑުގެ ވެސް ފުރިހަމަ އިތުބާރާއި ޔަގީންކަން ފެނަކައާ ދޭތެރޭގައި، އަދި އެމްޑީ ސައީދަށާއި އަޅުގަނޑުމެންގެ ވަރަށް ގާތް ރައްޓެއްސެއް، މާޑު. ޝައްކެއް ނެތް އެބޭފުޅުންނާ ދޭތެރޭގައި،" ރައީސް ވިދާޅުވިއެވެ.

ފެނަކައިން އުތީމުގެ އިންޖީނުގެ އެޅުމަށް ކުރި މަސައްކަތަށް ތައުރީފުކުރައްވައި ރައީސް ވިދާޅުވެފައިވަނީ، ފެނަކައިން އަބަދުވެސް މަސައްކަތް ކުރަނީ ސަރުކާރާއި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކަށް ކަމަށެވެ. އެނޫން ގޮތަކަށް ފެނަކައިން އަމަލު ނުކުރާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

https://gaafu.mv/81229

އުތީމުގައި އަލަށް އިމާރަތްކުރި އިންޖީނުގޭގެ މަސައްކަތް ފެނަކައިން ނާސާ ޕްރައިވެޓް ލިމިޓެޑްއާއި ހަވާލުކޮށްފައިވަނީ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ ނުވަ މަސް ދުވަހުގެ ތެރޭގައި ނިންމާގޮތަށް، 7،030،106.48 ރުފިޔާ އަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ