
ކޫއްޑޫ-ވިލިނގިލި ބްރިޖް އެޅުމާ މެދު ގޮތެއް ނިންމާނީ ރައްޔިތުންނާ މަޝްވަރާ ކުރުމަށްފަހު - ރައީސް
# ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހުDDC94D51-1140-4073-999A-BAD2157C7D7E
ގއ ވިލިނގިއްޔާއި ކޫއްޑޫ ގުޅާލުމަށް 2018 ވަނަ އަހަރު ވެފައިވާ ވައުދާ އެއްގޮތަށް ބްރިޖް އެޅުމާމެދު ވިލިނގިލީ ރައްޔިތުންނާ އެކު މަޝްވަރާކުރުމަށްފަހު ގޮތެއް ނިންމަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ހުވަދު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވިލިނގިލީގައި މިހާރު ކުރިއަށްދާ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މިޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، އެ ދެރަށް ގުޅުވާލަން އެޅުމަށް ނިންމާފައިވާ ބްރިޖްގެ މަސައްކަތް ނުކުރެވި ލަސްވެގެން ދިޔައީ ކޮވިޑް-19ގެ އާލަމީ ވަބާގެ ސަބަބުން ދިމާވި ބައެއް ދަތިތަކާ ގުޅިގެން ކަމަށެވެ. ނަމަވެސް މިހާރު ބްރިޖް އެޅުމަށް ބޭނުންވާ ސާވޭގެ މަސައްކަތް ނިމިފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެވ.
ރައީސް ވިދާޅުވީ، ބްރިޖް އެޅުމުގެ ކުރިން ވިލިނގިއްޔާއި ވިލިނގިލީ ރައްޔިތުންނަށް އެންމެ ފައިދާވާ ޕްރޮޖެކްޓްތަކާއި ޕްރޮޕޯސަލްތައް އެބަހުރި ކަމަށާއި، އެ ޕްރޮޖެކްޓްތައް ތޯ ނޫނީ ބްރިޖްތޯ ނިންމާނީ ރައްޔިތުންނާ މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ.
ރައީސް ވަނީ ބްރިޖް މަޝްރޫއުއާ އެކު ކުރިއަށް ދާނީތޯ ވިސްނާލުމަށް ވިލިނގިލީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.
ގުޅުންހުރި

މާފަރު ފުޓުބޯޅަ ދަނޑު ރައީސް ހުޅުއްވައިދެއްވައިފި

ކޫއްޑޫ-ވިލިނގިލި ބްރިޖް އެޅުމާ މެދު ގޮތެއް ނިންމާނީ ރައްޔިތުންނާ މަޝްވަރާ ކުރުމަށްފަހު - ރައީސް

ވެރިކަން ލިބުމަށްފަހު ތިން އަހަރުތެރޭ މަގުމަތިވާންޖެހުނު ގޮތް ހަނދާނެއް ނުނެތޭނެ - ރައީސް
