
މާފަރު ފުޓުބޯޅަ ދަނޑު ރައީސް ހުޅުއްވައިދެއްވައިފި
# ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު# ރިޔާސީ އިންތިޚާބު 2023# އެމްޑީޕީ314596_be6a4438-e_
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިލަދުންމަޑުލު ދެކުނުބުރީ މާފަރު ފުޓުބޯޅަ ދަނޑު ހުޅުއްވައިދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މާފަރު ފުޓުބޯޅަ ދަނޑު ހުޅުއްވައިދެއްވީ، އެމަނިކުފާނު މިހާރު، ނ.އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނުއެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައި ދެއްވި، މާފަރު ފުޓުބޯޅަ ދަނޑަކީ، ޓަރފް އަޅައި ޒަމާނީފެންވަރަށް ތަރައްޤީކޮށްފައިވާ ފުޓުބޯޅަ ދަނޑެކެވެ. މާފަރު ފުޓުބޯޅަދަނޑުގެ ސަބްބޭސްގެ މަސައްކަތް ކޮށްފައި ވަނީ، ނެކްސްޓަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުންނެވެ. އަދި ދަނޑުގެ ޓަރފް އެޅުމުގެ މަސައްކަތް ކޮށްފައި ވަނީ މައިނާ ސްޕޯޓްސް ފީލްޑް ޕްރައިވެޓް ލިމިޓެޑް އިންނެވެ.
ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ މަގުތައް ފަހިކޮށްދިނުމުގެ ގޮތުން ޒަމާނީ ފެންވަރުގެ ފުޓުބޯޅަ ދަނޑުތަކާއި، ފުޓުސަލް ދަނޑުތައް، އަދި ކުޅިވަރު ކޯޓުތައް އަޅައި، ކުޅިވަރުގެ ތެރެއިން ރައްޔިތުންނަށް ދުޅަހެޔޮ އުފާވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދިނުމަށް ސަރުކާރުން ވަނީ ގިނަ މަޝްރޫޢުތަކެއް އަތޮޅުތަކުގައި ހިންގާފައެވެ.
ގުޅުންހުރި
ރިޔާސީ ބަޔާން އިއްވާ ދުވަހު އިދިކޮޅުން މަޖިލީސް ދޮށަށް އެއްވަނީ

އެމްޑީޕީން ބާއްވާ "ފުދިއްޖެ, ފުނޑިއްޖެ" ހިނގާލުމުގެ ގަޑި ބަދަލުވެއްޖެ

އެމްޑީޕީގެ ހަރުގެއަށް ކަޅުތެޔޮ ޖެހި މައްސަލަ ބަލަނީ
