logoEN
cocacola
ވެރިކަން ލިބުމަށްފަހު ތިން އަހަރުތެރޭ މަގުމަތިވާންޖެހުނު ގޮތް ހަނދާނެއް ނުނެތޭނެ - ރައީސް

ވެރިކަން ލިބުމަށްފަހު ތިން އަހަރުތެރޭ މަގުމަތިވާންޖެހުނު ގޮތް ހަނދާނެއް ނުނެތޭނެ - ރައީސް

އައިޝަތު އިފާޝާ

logo

1/7/2023, 9:15:30 AM

# ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު

FlzlUpBaMAEDZbs

ވެރިކަން ލިބުމަށްފަހު ވެރިކަން ބަދަލުވެ، ތިން އަހަރުތެރޭ ވެރިކަން ބަދަލުވިގޮތް ހަނދާން ނުނެތޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ގޮސިޔާ

ރައީސް ސޯލިހުގެ ރިޔާސީ ޕްރައިމަރީ ކެމްޕެއިން "އެމްޑީޕީ ކުރިއަށް އިބޫ 2023" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން އިންތިހާބުގެ މަސައްކަތް ފަށާފައިވާއިރު ޕާޓީގެ ވިސްނުމާއި މަސައްކަތްވެސް އަމާޒުކުރަން ވާނީ 2023 ގެ އިންތިހާބު ކާމިޔާބުކުރުމަށް ކަމަށެވެ. އަދި ކުރިން ކުރެވުނު ތަޖުރިބާގެ އަލީގައި މިއިންތިހާބު ކާމިޔާބުކުރެވޭނީ ކާކާއެކީ މަސައްކަތްކޮށްގެންތޯ ވިސްނަންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.

"2008ގައި އިންތިހާބު ކާމިޔާބުކުރި ގޮތާއި ތިން އަހަރުތެރޭ ވެރިކަން ވަދަލުވެ މަގުމަތިވާންޖެހުނު ގޮތް ހަނދާން ނުނެތޭނެ. 2012 އިން ފެށިގެން 2018އަށް ގައުމު އޮތް ހާލަތު ހަނދާން ނުނެތޭ، ހަނދާން ނައްތާލައިގެންވެސް ނުވާނެ" - ރައީސް ވިދާޅުިއެވެ.

އަދި 2012 އިން ފެށިގެން 2018 އާއި ހަމައަށް އޮތީ އަނިޔާވެރިކަންކަމަށާއި އެހާލަތަށް އަނބުރާ ދާން ބޭނުންނުވާކަމަށް ރައީސް ވިދާޅުވިއެވެ.

"ތަފާތު ހިޔާލުތަކާއެކު މަސައްކަތްކުރެވޭނެކަމުގެ ޔަގީންކަން އެބައޮތް. އެމްޑީޕީގެ ފިކުރު ކުރިއަށް ނެރެ މަސައްކަތް ކުރެވޭނެކަމުގެ ޔަގީންކަން އެބައޮތް" - ރައީސް ވިދާޅުވިއެވެ.

މުޅި ރާއްޖޭގައި އަސާސީ ހިދުމަތްތައް ގާއިމްކުރުމުގައި ސަރުކާރުން ކުރިއަށްދަމުން އަންނަ ކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް މިކަން މިގޮތަށް ކުރިއަށްދިޔުން މުހިންމުކަމުގައި ފާހަގަކުރެއްވިއެވެ. ސްކޫލްތައް ގާއިމްކުރުމާއި، ލަފާފުރުން ދަތި ރަށްތަކަށް އެހައްލު ހޯދައިދިނުމާއި، ދަތުރުފަތުރާއި އިސްލާމީ މަރުކަޒުތަކާއި މިސްކިތްތައް ގާއިމްކުރަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.

އެއްވެސް ކެންޑިޑޭޓަކަށް އެކަނި ނުކުމެ 50 އިންސައްތަ ހޯދައިގެން އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރާއްޖޭގެ ސިޔާސީ މަޝްރަހު އޮތީ އެފަދައިން އިންތިހާބު ކާމިޔާބު ކުރެވޭފަދަ ހާލަތެއްގައި ނޫންކަމަށް ވިދާޅުވިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ