
ދިވެހިރާއްޖޭގެ ޤައުމިއްޔަތަށް ފުރާނައެޅި ދިރުން ލިބުނީ ދިވެހިންގެ ސަބަބުން - ރައީސް
# ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު# ގައުމީ ދުވަސްFdoxoSgVQAEh3DN
ވެހިރާއްޖޭގެ ޤައުމިއްޔަތަށް ފުރާނައެޅި ދިރުން ލިބުނީ ދިވެހިންގެ ސަބަބުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙް ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޤައުމީދުވަހުގެ މުނާޞަބާ ފާހަގަކުރުމަށް މިއަދު ހއ. އުތީމުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހިރާއްޖޭގެ ޤައުމިއްޔަތަށް ފުރާނައެޅި ދިރުން ލިބުނީ ދިވެހިންގެ ސަބަބުން ކަމަށެވެ. ދިވެހިންގެ އުޅުމާއި، ގުޅުމާއި، އިސްކުރާ ކަންކަމާއި، ފަސްކުރާ ކަންކަމުގައި ހުންނަ ތަރުތީބަކީ ޤައުމިއްޔަތުގެ ތަރުތީބު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ބޮޑުތަކުރުފާނު ކޮށްދެއްވި އެންމެ މުހިންމު އެއްކަމަކީ، ވެވަޑައިގެންނެވި އެންމެބޮޑު ޤުރުބާނީއަކީ ދިވެހިންގެ ޤައުމިއްޔަތު ދިފާޢުކޮށްދެއްވުން ކަމަށްވެސް ރައީސް ފާހަގަކުރެއްވި އެވެ.
" ބޭނުންވާ އެއްޗެއް ބޭރުން އެތެރެކުރެވިދާނެ. އެހެން ނަމަވެސް، ޤައުމިއްޔަތަކީ އިމްޕޯޓް ކުރެވޭ އެއްޗެއް ނޫން. ދިވެހިންނަކީ އަޞްލާއި ނަސްލުން އެއްބައެއް. އިސްލާމްދީނުގެ ހިދާޔަތުގައި އެންމެން ފިދާވާ ޤައުމެއް. އާދައާއި ބަހުރުވަ އެކައްޗެއް. އެކަންކަން، އެކަކަށްޖެހޭ ބޮޑު ކަމެއްގައި އަނެކަކު ޙިއްޞާވި ޤައުމެއް." ރައީސް
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ އިސްލާމް ދީނުގެ ، މަތިވެރި އަޤީދާގެ ނަމޫނާ ކުދިންނަށް ދައްކައިދީ، މިންތީގެ ހަމަހަމަކަމާއެކު، ގެވެށި އިންސާފު އެކުދިންނަށް ދަސްވާނެފަދައިން އަދި މޫސުމާ، ތިމާވެއްޓަށް އަންނަ ބަދަލާ ، ގޮންޖެހުން ތަކަށް ވިސްނާ ދަރިންތަކެއްގެ ގޮތުން ދަރިން ތަރުބިއްޔަތުކޮށްދިނުމަކީ ދިވެހިކޮށްމެ ރައްޔިތަކުންވެސް ޤައުމަށްޓަކައި ކޮށްދޭންޖެހޭ އެންމެ މުހިންމު އެއްކަންތައްކަން ހަނދާންކޮށްދެއްވާފައެވެ.
މި ޖަލްސާގައި އުތީމު ރައްޔިތުންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ހަނދާނީ ފިލައެއް ވެދުމަށް އަރުވައިފައިވެއެވެ.