logoEN
cocacola
ތަރައްޤީއަށް ފަށާފައިވާ މަސައްކަތް ނުނިންމާ ދޫކޮށްލުމަކީ ސަރުކާރަށް އޮތް އިޚްތިޔާރެއް ނޫން - ރައީސް

ތަރައްޤީއަށް ފަށާފައިވާ މަސައްކަތް ނުނިންމާ ދޫކޮށްލުމަކީ ސަރުކާރަށް އޮތް އިޚްތިޔާރެއް ނޫން - ރައީސް

އައިޝަތު އިފާޝާ

logo

9/27/2022, 10:45:20 AM

# އިބްރާހިމް މުހައްމަދު ސޯލިހް

250470_c627ac2f-5_

ރާއްޖޭގެ ތަރައްޤީއަށް ކޮށާ އަލިކުރުމަށް ފަށާފައިވާ މަސައްކަތްތައް ނުނިންމާ ދޫކޮށްލުމަކީ ސަރުކާރަށް އޮތް އިޚްތިޔާރެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ގޮސިޔާ

އުތީމުގައި ބޭއްވި ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފްވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ދެއްކެވި ވާހަކަފުޅުގައި ވަނީ ޤައުމިއްޔަތެއް ބިނާކުރުމުގައި ހަމަހަމަކަމާއި އަދުލުވެރިކަމާއިއެކު ޚިދުމަތްކުރުމުގެ މުހިންމުކަމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޤައުމިއްޔަތަކީ ތަފާތެއް ނެތި އަމާޒެއް އޮވެ، ޖަޒީރާ ކުދި ރަށްތަކާއެކު ދިރިއުޅެވޭނެ ގޮތެއް ރައްޔިތުންނަށް ހޯދައިދިނުން ކަމަށެވެ. އަދި ކުޑައެއް ބޮޑެއްނެތި، ރާއްޖޭގެ ހުރިހާ ރަށަކަށް، ޖަޒީރާ، ފަސޭހަ، ދިރިއުޅުން ކަށަވަރުކޮށް ދިނުމަކީ އިހު އޮތް ދިވެހި ޤައުމިއްޔަތު އަލުން އަނބުރާ ދިރުވުންކަމަށްވެސް ރައީސް ވިދާޅުވިއެވެ. ހަމަހަމަކަމާއެކު ރައްޔިތުން އެދޭ ތަރައްޤީ ހާސިލް ކޮށްދިނުމުގައި ފަށާފައިވާ މަސައްކަތް ހުއްޓާލުމަކީ ސަރުކާރަށް އޮތް އިހުތިޔާރެއް ނޫންކަމަށް ރައީސް ވިދާޅުވިއެވެ.

"ޞިއްޙަތާ، ތަޢުލީމާ، އާމްދަނީއަށް ވާޞިލުވެވޭނެ، އަވަސް އަދި ފަސޭހަ މަގުތަށް ކޮށާ އަލިކުރުމަށް ފަށާފައިވާ މިމަސައްކަތް، ނުނިންމާ ދޫކޮށްލުމަކީ ސަރުކާރަށް އޮތް އިޚްތިޔާރެއް ނޫން. މިކަމުގާ ރާއްޖޭގެ ލޮބުވެތި ހުރިހާ ރައްޔިތުންގެ ތާއީދާ އެއްބާރު ލެއްވުން އަޅުގަނޑު ބޭނުން." ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި މިއަދު ފެންނަ އިޖްތިމާޢީ ބޮޑެތި ހުރިހާ މައްސަލަ ތަކެއްގެ ފެށުން ގުޅެނީ ޤައުމިއްޔަތުގެ ސިފަތަކާ އޮތްގުޅުން ކުޑަވުންކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި މިއަދު ދިވެހި ކަނޑުތަކުގައި އުފުލާ މަސްތުވާތަކެއްޗާއި، ޤައުމުގެ ހަމަޖެހުން ނަގާލުމަށް މަސއްކަތްކުރާ ގޭންގުތަކާއި، ވަގު ވިޔަފާރިއަށް މަގުފަހިކުރުމަކީ ދިވެހި ޤައުމިއްޔަތެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޓެރަރިޒަމަކީ ދިވެހިން ދަންނަ ކަމެއް ނޫން ކަމަށާއި، ލާމެހިފައިވާ ދުނިޔޭގައި އެހެން އިންސާނުންނާއެކު މުޢާމަލާތު ކުރެވި، ސުލްޙަ މަސަލަސްކަމާއެކު އުފަލުގާ ދިރިއުޅުމަކީ ދިވެހިން އެދޭ ގޮތްކަމަށެވެ.

"މާތްވެގެންވާ އިސްލާމް ދީނުގެ މަތިވެރިކަމާ، އެދީނުގެ ޞައްޙަ ޢަގީދާ އަކީ، ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބު. ޙަލާލު މަސައްކަތް ކޮށް، ކަނޑުފަޅު ފީނާ، ފަރު ހިލާ، ވަލު ފުރާގުން ދަރިން ބޮޑެތިކުރީ، ދިވެހި ކާބަފައިން. އެއީ ޢުމުރަށް ނަމާދު ޤާއިމްކޮށް، ރޯދަހިފާ، ޒަކާތްދީ، ޙަރާމަށް ބިރުވެތިވެ، ޙަލާލަށް ރައްކާތެރިވި ދިވެހިން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދިރިއުޅޭ އިންސާނުން ނެތި ފަޅަށް އޮންނަ ކިތަންމެ ބޮޑު ސަރަހައްދަކީ އަދި ޤައުމެއް ނޫންކަމަށެވެ. ޤައުމާއި ވަތަން ހިމާޔަތްކޮށް ދިވެހިންގެ ސާދާ ދިރިއުޅުން ހާސިލް ކުރެވޭނީ މާޒީން އިބުރަތް ހާސިލްކޮށް، ޖަޒީރާ ވަންތަ ރާއްޖެއެއް ބިނާކުރެވިގެންކަމަށް ރައީސް ވިދާޅުވިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ