
ނޫސްވެރިންގެ ކަންބޮޑުވުންތައް ހައްލުކުރުމަށް ހެއްކާބެހޭ ގާނޫނު އިސްލާހުކުރަނީ
# ނޫސްވެރިން# މަސްދަރު# ހެއްކާ ބެހޭ ގާނޫނު5ORSELFY6qnUAfpc245xYJC1RNlBoiHinVLGalU5
ނޫސްވެރިންނަށް ލިބޭ މައުލޫމާތުގެ މަސްދަރު ހާމަކުރުމަށް މަޖުބޫރުކޮށްފައިވާ ހެއްކާބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުމަށް ނިންމާފައިވާ ކަމަށް އެޓާނީ ޖެނެރަލް އޮފީހުން ހާމަކޮށްފި އެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން މި ގާނޫނަށް އިސްލާހު ހުށަހެޅުމަށް ނިންމާފައިވަނީ އެ ގާނޫނުގެ 136ވަނަ މާއްދާގައި ނޫސްވެރިންނަށް މައުލޫމާތު ލިބޭ މަސްދަރު ހާމަކުރަން މަޖުބޫރު ކުރާ ގޮތަށް މިހާރު އޮތުމުން ނޫސްވެރިން ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ހެއްކާއިބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާ ބިލު މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން އާއި، މޯލްޑިވްސް އެޑިޓާސް ގިލްޑް އާއި އެނޫންވެސް ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރުމަށްފަހު، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި މިހާރު ތައްޔާރުކޮށްފައިވާ ކަމަށެވެ.
އެ ބަޔާނުގައި ބުނެފައިވަނީ، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މައްސަލަތަކާއި، ޓެރަރިޒަމްގެ ކުށްތަކަކީ ކޮބައިކަން އެ އިސްލާހުގައި ތަފްސީލުކޮށްދީފައިވާނެ ކަމަށެވެ. އެގޮތުން ޤައުމީ ސަލާމަތާ ގުޅުންހުރި ކުށްތަކަކީ ދިވެހިރާއްޖޭގެ ސިޔާދަތަށް ނުވަތަ އިޞްތިޤްލާލަށް ނުވަތަ މީހެއްގެ ނުވަތަ ބައެއްގެ ޖިސްމާއި ފުރާނައަށް ނުވަތަ މުދަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވުމަށް މަގުފަހިކުރާ ޢަމަލުތައް އެކުލެވޭ ކުށްތައް ކަމާއި، ޓެރަރިޒަމްގެ ކުށްތަކަކީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ގެ ދެވަނަ ބާބުގައި ބަޔާންކުރާ ޓެރަރިޒަމްގެ ކުށްތައް ކަމަށް ކަނޑައެޅުމަށް އިސްލާހުގައި ހިމަނާފައިވެއެވެ.
ނޫސްވެރިންނަށް މަޢުލޫމާތު ދޭ މަސްދަރު ހާމަކުރުމަށް ލާޒިމްކުރުމުގައި ކޯޓުން ރިޢާޔަތްކުރަންޖެހޭ ކަންކަން ޤާނޫނުގައި ކަނޑައެޅުމަށާއި، އެފަދަ ނިންމުމެއް ނިންމާނީ ހައިކޯޓުން ކުރާ އަމުރެއްގެ ދަށުންކަމަށް ކަނޑައެޅުމަށްވެސް އެ އިސްލާހުގައި ހިމަނާފައިވާނެ ކަމަށް އެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
މިހަފްތާ ތެރޭގައި އެ ބިލު މަޖިލީހަށް ހުށަހެޅާނެ ކަމަށްވެސް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފައިވެއެވެ.
ގުޅުންހުރި

ހެއްކާބެހޭ ގާނޫނަށް އިސްލާހު ގެންނަ ބިލު ރައީސް އޮފީހަށް ފޮނުވައިފި

ނޫސްވެރިންގެ ކަންބޮޑުވުންތައް ހައްލުކުރުމަށް ހެއްކާބެހޭ ގާނޫނު އިސްލާހުކުރަނީ

އަލްޖަޒީރާގެ ނޫސްވެރިޔާ މަރުވީ އިސްރާއިލް ސިފައިންގެ ހަމަލާއަކުން ކަމަށް ބެލެވޭ - އިސްރާއިލް





