
ހެއްކާބެހޭ ގާނޫނަށް އިސްލާހު ގެންނަ ބިލު ރައީސް އޮފީހަށް ފޮނުވައިފި
# ނޫސްވެރިން# މަސްދަރު ހާމަކުރުން# އޭޖީ އޮފީސް# ހެއްކާބެހޭ ބިލު5ORSELFY6qnUAfpc245xYJC1RNlBoiHinVLGalU5
ނޫސްވެރިންގެ މަސްދަރުތައް ހާމަކުރަން މަޖުބޫރުވާގޮތައް އޮތް ހެއްކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް އެކުލަވާކި ބިލު ބަންޑާރަނައިބުގެ އޮފީހުން ރައީސް އޮފީހަށް ފޮނުވައިފި އެވެ.

ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ވިދާޅުވީ، ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ރިޢާޔަތްކޮށް، ހެއްކާބެހޭ ޤާނޫނުގައި ހިމެނޭ މަސްދަރު ހާމަކުރުމަށް ލާޒިމުކުރާ މާއްދާ އިޞްލާޙުކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބިލު ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.
ބަންޑާރަނައިބުގެ އޮފީހުން މި ގާނޫނަށް އިސްލާހު ހުށަހެޅުމަށް ނިންމާފައިވަނީ އެ ގާނޫނުގެ 136ވަނަ މާއްދާގައި ނޫސްވެރިންނަށް މައުލޫމާތު ލިބޭ މަސްދަރު ހާމަކުރަން މަޖުބޫރު ކުރާ ގޮތަށް މިހާރު އޮތުމުން ނޫސްވެރިން ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށެވެ.
އެ އޮފީހުން ބުނެފައިވަނީ، ހެއްކާއިބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާ ބިލު މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން އާއި، މޯލްޑިވްސް އެޑިޓާސް ގިލްޑް އާއި އެނޫންވެސް ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރުމަށްފަހު، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ތައްޔާރުކޮށްފައިވާ ބިލެއް ކަމަށެވެ.
ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މައްސަލަތަކާއި، ޓެރަރިޒަމްގެ ކުށްތަކަކީ ކޮބައިކަން އެ އިސްލާހުގައި ތަފްސީލުކޮށްދީފައިވާނެ ކަމަށް ބަންޑާރަނައިބުގެ އޮފީހުން ވަނީ ހާމަކޮށްފައެވެ. އެގޮތުން ޤައުމީ ސަލާމަތާ ގުޅުންހުރި ކުށްތަކަކީ ދިވެހިރާއްޖޭގެ ސިޔާދަތަށް ނުވަތަ އިޞްތިޤްލާލަށް ނުވަތަ މީހެއްގެ ނުވަތަ ބައެއްގެ ޖިސްމާއި ފުރާނައަށް ނުވަތަ މުދަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވުމަށް މަގުފަހިކުރާ ޢަމަލުތައް އެކުލެވޭ ކުށްތައް ކަމާއި، ޓެރަރިޒަމްގެ ކުށްތަކަކީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ގެ ދެވަނަ ބާބުގައި ބަޔާންކުރާ ޓެރަރިޒަމްގެ ކުށްތައް ކަމަށް ކަނޑައެޅުމަށް އިސްލާހުގައި ހިމަނާފައިވެއެވެ.
ނޫސްވެރިންނަށް މަޢުލޫމާތު ދޭ މަސްދަރު ހާމަކުރުމަށް ލާޒިމްކުރުމުގައި ކޯޓުން ރިޢާޔަތްކުރަންޖެހޭ ކަންކަން ޤާނޫނުގައި ކަނޑައެޅުމަށާއި، އެފަދަ ނިންމުމެއް ނިންމާނީ ހައިކޯޓުން ކުރާ އަމުރެއްގެ ދަށުންކަމަށް ކަނޑައެޅުމަށްވެސް އެ އިސްލާހުގައި ހިމަނާފައިވާނެ ކަމަށް އެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ގުޅުންހުރި

ޖިނާޢީ ޢަދުލުގެ ނިޒާމުގެ ކަންކަން ހަރުދަނާކުރުމަށްޓަކައި ބައްދަލުވުމެއް ބާއްވައިފި
-1736945032661.webp&w=3840&q=75)
އެން.އާރ.ޓީ.ޑީ ތަޢާރަފުކުރުމަށް ވާރކްޝޮޕެއް ކުރިޔަށް ގެންގޮސްފި

ބަންޑާރަ ނައިބުގެ އޮފީހުގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް ސުލްޠާނާ ޝާކިރު!
