logoEN
Sto top
އަލްޖަޒީރާގެ ނޫސްވެރިޔާ މަރުވީ އިސްރާއިލް ސިފައިންގެ ހަމަލާއަކުން ކަމަށް ބެލެވޭ - އިސްރާއިލް

އަލްޖަޒީރާގެ ނޫސްވެރިޔާ މަރުވީ އިސްރާއިލް ސިފައިންގެ ހަމަލާއަކުން ކަމަށް ބެލެވޭ - އިސްރާއިލް

އަލްފާ އަލީ

logo

9/5/2022, 7:23:10 PM

# ނޫސްވެރިން# އަލްޖަޒީރާ# ޔަހޫދީ އިސްރާއިލް

ezgif.com-gif-maker-18

ފަލަސްތީނުގައި ވަޒަންވެރިވެ، އިސްރާއިލް ސިފައިން ހިންގަމުން އަންނަ ލާ އިންސާނީ ޖަރީމާތައް ކަވަރު ކުރަމުންދަނިކޮށް، އިސްރާއިލް ސިފައިންގެ ބަޑީގެ ހަމަލާއެއްގައި މަރުވި އަލްޖަޒީރާ ނޫސްވެރިޔާ މަރުވީ އިސްރާއިލް ސިފައިން ދިން ބަޑީގެ ހަމަލާއެއްގައި ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށް އެގައުމުގެ އަސްކަރިއްޔާއިން ހާމަކޮށްފިއެވެ.

Wamco

އިސްރާއިލް ސިފައިން ދިން ބަޑީގެ ހަމަލާއެއްގައި މަރާލާފައިވަނީ އެ ނޫހުގައި މަސައްކަތްކުރާ ނޫސްވެރިއެއްކަމުގައިވާ ޝީރީން އަބޫ އަކްލޭ އެވެ. އޭނާ މަރާލީ އިސްރާއިލް ސިފައިން ފަލަސްތީނުގެ ފަސްގަނޑުގައި ހިންގަމުން އަންނަ ކަންކަން ކަވަރ ކުރަމުން ދަނިކޮށް ދިން ބަޑީގެ ހަމަލާއެއްގައި ހަށިގަނޑަށް ވަޒަނެއް އަރައިގެން މިދިޔަ މޭ މަހުގެ 11 ވަނަ ދުވަހު އެވެ.

މި މައްސަލައާ ގުޅިގެން އިސްރާއިލް އަސްކަރިއްޔާއިން ވަނީ އެ ކަމުގައި ސިފައިންގެ އިހުމާލެއް ވޭތޯ ބޮޑު ތަހުގީގެއް ކޮށްފައެވެ. އެ ތަހުގީގު ރިޕޯޓުގައި އަސްކަރިއްޔާއިން ބުނީ، ޝީރީން މަރުވީ އެގައުމުގެ ސިފައިންގެ ހަމަލާއެއްގައި ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ.

އިސްރާއިލް އަސްކަރިއްޔާގެ ރިޕޯޓުގައި މިހެން ބުނެފައިވާއިރު، މީގެ ކުރިން އދ. އާއި އެހެނިހެން އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކުން މީގެ ކުރިން ނެރުނު ރިޕޯޓުތަކުގައިވެސް ބުނެފައިވަނީ ހަމަ މިހެންނެވެ.

މި ރިޕޯޓާ ގުޅިގެން އިސްރާއިލްގެ ސިފައިންނާ މެދު އެއްވެސް ފިޔަވަޅެއް އަޅަން ނިންމާފައި ނުވެއެވެ.

އަލްޖަޒީރާ ނޫހުން ހާމަކުރި ގޮތުގައި ޝީރީން މަރުވެފައިވަނީ އިސްރާއިލް ސިފައިން ދިން ބަޑީގެ ހަމަލާތަކެއްގައި އޭނާގެ ބޮލަށް ހަމަލާއެއް އަމާޒުވެގެންނެވެ.

ޝީރީން މަރުވެފައިވާއިރު، އޭނާ އަކީ 2000 ވަނަ އަހަރުން ފެށިގެން ފަލަސްތީނާއި އިސްރާއިލްގެ ހާލަތު ކަވަރ ކުރުމުގައި އަލްޖަޒީރާގެ ނޫސްވެރިއެއްގެ ހައިސިއްޔަތުން ހަރަކާތްތެރިވަމުން އައިސްފައިވާ، ގިނަ ބައެއްގެ އިހްތިރާމާއި ލޯބި ލިބިފައިވާ ނޫސްވެރިއެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside