logoEN
cocacola
ބާލިންގައި އެލިއޫޑް ކިޕްޗޯޖް އޭނާގެ އަމިއްލަ ދުނިޔޭގެ ރެކޯޑް މުގުރާލައިފި

ބާލިންގައި އެލިއޫޑް ކިޕްޗޯޖް އޭނާގެ އަމިއްލަ ދުނިޔޭގެ ރެކޯޑް މުގުރާލައިފި

އަހުމަދު މާހު

logo

9/25/2022, 6:21:20 PM

# އޮލިމްޕިކްސް# އެލިއޫޑް ކިޕްޗޯޖް

ބާލިންގައި އާދީއްތަ ދުވަހު ބޭއްވި "ބަރލިން މެރަތަން"ގައި ޑަބަލް އޮލިމްޕިކް ޗެމްޕިއަން އެލިއޫޑް ކިޕްޗޯޖް އޭނާގެ އަމިއްލަ މެރެތަން ވޯލްޑް ރެކޯޑް މުގުރާލައިފި އެވެ.

ގޮސިޔާ

އުމުރުން 37 އަހަރުގެ ކެންޔާގެ އެލިއޫޑް ކިޕްޗޯޖް ދުނިޔޭގެ ރެކޯޑު ހެދީ ދެ ގަޑިއިރާއި އެއް މިނެޓާއި ނުވަ ސިކުންތުގެ ވަގުތެއްގައި، މީގެ ހަތަރު އަހަރު ކުރިންނެވެ. އޭނާގެ އަމިއްލަ ރެކޯޑު މިފަހަރު މުގުރާލައިފައިވަނީ އެ ރިކޯޑައްވުރެ 30 ސިކުންތު އަވަހަށް މެރަތަން ނިންމައިގެންނެވެ.

"އަހަރެން މި ރޭހުގައި ދުވަން ތައްޔާރުވި ތައްޔާރުވުމާ ދޭތެރޭ ވަރަށް އުފާވެސްވޭ އަދި އަހަރެންނަށް މިކަން ކާމިޔާބުވީ އަހަރެންގެ ޓީމްވޯކްގެ ސަބަބުން " އޭނާ ވިދާޅުވި އެވެ.

"އަހަރެންގެ މޯޓިވޭޝަނަކީ އަހަރެންގެ އާއިލާ، ހުރިހާ ކަމަކީވެސް އެއީ އަދި އަަހެން ބޭނުންވަނީ ޒުވާން ކުދިން އިންސްޕަޔާ ކުރަން. ކުޅިވަރަކީ މީހުން އެއްބައިވަންތަ ކުރުވާ ކަމެއް."

އޭނާގެ ކެރިއަރުގައި ބާލިންގައި ދުވި 17 މެރެތަންގެ ތެރެއިން 15 މެރެތަން އެލިއޫޑް ވަނީ ކާމިޔާބުކޮށްފައެވެ. އެގޮތުން އެލިއޫޑް މިހާރު މަސައްކަތް ކުރަމުންދަނީ 2024 ވަނަ އަހަރު ޕެރިހުގައި އޮންނަ އޮލިމްޕިކް މެރެތަން ކާމިޔާބުކޮށް 3 ފަހަރަށް އޮލިމްޕިކްސް މެރެތައަން ކާމިޔާބު ކުރި ފުރަތަމަ ދުވުންތެރިޔާއަށް ވުމަށެވެ. އަދި އޭނާ ބޭނުންވަނީ ކޮންމެ އަހަރަކު ވެސް ހަ ވޯލްޑް މެރެތަން ކާމިޔާބުކުރުމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ