logoEN
cocacola
އަންހެނަކަށްވީތީ ބައެއް ކަންތައް ނުކުރެވޭނެ ކަމަށް ބުނެވުނު ޒަމާން މާޒީވެއްޖެ - ސައީދު

އަންހެނަކަށްވީތީ ބައެއް ކަންތައް ނުކުރެވޭނެ ކަމަށް ބުނެވުނު ޒަމާން މާޒީވެއްޖެ - ސައީދު

# ގދ އެޓޯލް ކައުންސިލް ތިނަދޫ ޑަބްލިއުޑީސީ ހިޔަލަ އެކްސްޕޯ 2022

_AMN9018

އަންހެން ކަނބަލަކަށްވީތީ ބައެއް ކަހަކަ މަސައްކަތް ނުކުރެވޭނެ ކަމަށް ބުނެވުނު ޒަމާން މާޒީވެ ގޮސްފިކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓްޑްގެ މެނޭޖިންގް ޑިރެކްޓަރ އަހުމަދު ސައީދު ވިދާޅުވެއްޖެއެވެ.

ގޮސިޔާ

ފެނަކަ އެމްޑީ ސައީދު މިހެން ވިދާޅުވީ، ތިނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީން އިންތިޒާމްކޮށްގެން މިމަހުގެ 22 ވަނަ ދުވަހުން ފެށިގެން 24 ވަނަ ދުވަހުގެ ނިޔަލަށް ބޭއްވި ގދ ތިނަދޫ އަތޮޅު ކައުންސިލް ތިނަދޫ ޑަބްލިއުޑީސީ ހިޔަލަ އެކްސްޕޯ 2022 ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

އެޖަލްސާގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ، ދާދި އިހަކަށްދުވަހާ ޖެހެންދެން އަންހެނުންގެ ޒިންމާއަކީ ފަރިއްކޮޅެއް ތައްޔާރުކުރުމަށްފަހު އެފަރިއްކޮޅު ކާންދިނުން ކަމުގައި ދެކުނު ނަމަވެސް މިއަދު ޒަމާން ބަދަލުވެ އެކަން މާޒީވެ ހިނގައްޖެ ކަމަށާއި، މިއަދު ދުނިޔެއިން ފެންނަމުންދާ ކަމަކީ އިސް ސަފުގައި އަންހެނުންގެ ދައުރު ބޮޑުކަމާއި އަންހެނުންގެ ހުނަރުވެރި މަސައްކަތް ކަމަށެވެ.

"އަންހެނުން ބާރުވެރިކުރުވާ ވާހަކަ ދެއްކުމުން ބައެއް މީހުން ބުނެއުޅޭ އަންހެނުންގެ ވަޒީފާއަކީ މީހާކާއި އިނުމަށްފަހު ކާންދީ އިސްތިރިކޮށް ހެދުން ކަމަށް. އެއީ ބޯދާ ވިސްނުމެއް. އަންހެން ކަނބަލުންނަށް ބޮޑެތި މަސައްކަތްތައް ކުރެވޭނެ ކަން މި އެކްސްޕޯއިން ފެނިގެން ހިނގައްޖެ. މި އެކްސްޕޯއަކީ ރާއްޖޭގެ ހުރިހާ ކައުންސިލަކާއި ޑަބްލިއުޑީސީއަށް ނަމޫނާއެއް." ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ، މިއެކްސްޕޯއިން ހުވަދު އަތޮޅުގެ ހުނަރުވެރިންގެ ހުނަރު ވަރަށް ރަނގަޅަށް ފެނިގެންދިޔަ ކަމަށާއި، ދިވެހިން އުފައްދާ ތަކެތި ބާޒާރަށް ނެރުމުގައި ގެންގުޅޭ ވައްޓަފާޅި ބަދަލުކޮށް ޒަމާނީ ގޮތަކަށް އެކަން ކުރެވިގެން ދިއުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

މި އެކްސްޕޯގައި ގދ އަތޮޅުގެ ރަށްތަކުގެ ތެރެއިން މަޑަވެލި ފިޔަވާ ހުރިހާ ރަށަކުން މަސައްކަތްތެރިންގެ މަސައްކަތްތަށް ވަނީ ދައްކާލަފައެވެ. އެގޮތުން މި މައުރަޒުގައި ބައެއް ރަށްތަކުން ބައިވެރިވެފައިވަނީ އެރަށްރަށުގެ ޑަބްލިއުޑީީސީތަކާއި ގުޅިގެންނެވެ.

އެކްސްޕޯގައި ހިމެނޭ ސްޓޯލްތަށް:

ފަރެސްމާތޮޑާ ޑަބްލިއުޑީސީ

ފިޔޯރީ ޑަބްލިއުޑީސީ

ރަތަފަންޑޫ ޑަބްލިއުޑީސީ

ވާދޫ ޑަބްލިއުޑީސީ

ހޯނޑެއްދޫ ޑަބްލިއުޑީސީ

ގައްދޫ ޑަބްލިއުޑީސީ

ނަޑެއްލާ ޑަބްލިއުޑީސީ

ކާޓިޔާ

އާޓްވޯކްސް ބައި އަޝްރާފް

އެގްރޯނެޓް

އޭބީއެސް ފަންނުވެށި

ކަވިކަވި / އާޓްސީ

މި އެކްސްޕޯގެ ޓައިޓަލް ސްޕޮންސަރަކަށް ހަމަޖައްސާފައިވަނީ ގދ އަތޮޅު ކައުންސިލެވެ. ކޯ ސްޕޮންސަރުންނަކީ މޯލްޑިވްސް ގޭސް އާއި ފެނަކަ އަދި އެގްރޯނެޓެވެ. އެސޯސިއޭޓް ސްޕޮންސަރަކަށް ހަމަޖައްސާފައިވަނީ ތިނަދޫ ކައުންސިލާއި ވެލިގާ ހާޑްވެއާ އާއި އެފްއެސްއެމް އާއި ގދ އޭއީސީ އާއި އަޔާޑާ އާއި އަމާރީެގ އިތުރުން ރަފެލްސް މެރަދޫއެވެ. މީޑިއާ ޕާޓްނަރަކީ ގާފު އޮންލައިން އެވެ. ބެވަރޭޖަސް ޕާޓްނަރަކަށް އިބްނަމީ ހަމަޖައްސާފައިވާ އިރު ޕްރިންޓިންގ ޕާޓްނަރަކީ ނޯވާ ޓެކް އެވެ. ޑިޖިޓަލް ޕާޓްނަރަކީ ދިރާގު އެވެ. އިތުރު ސްޕޮންސަރުންނަކީ ޑީއެމްއެން އާއި އަސްރަފީ އާއި ތިނަދޫ ރެސިޑެންސްގެ އިތުރުން ސްވިފްޓް އެވެ.

ތިނަދޫ ޑަބްލިއުޑީސީއިން މައުލޫމާތު ދޭގޮތުގައި މި އެކްސްޕޯގެ މަޤްސަދަކީ ވިޔަފާރީގެ މައިދާނުގައި ދެޖިންސުގެ ފަރާތްތަށްވެސް ބާރުވެރިކުރުވައި އެފަރާތްތަކުގެ އުފެއްދުންތަކަށް ވާދަވެރި މާކެޓެއް ހޯދައި ދިނުމެވެ. އެގޮތުން ކާބޯތެކެތި ހެދުމުގެ ހުނަރާއި އަތްތެރި މަސައްކަތާއި އާރޓް އެންޑް ކްރާފްޓުގެ މަސައްކަތްތަށްވެސް މި އެކްސްޕޯގައި ބައިވެރިކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. މި އެކްސްޕޯގައި ބައިވެރިންގެ ޕްރޮޑަކްޓުތަށް އާންމުންނަށް ވިއްކުމުގެ ފުރުސަތު ވެސް ލިބިގެން ދާނެ އެވެ.

މި އެކްސްޕޯއާއި އެކު އެކްސްޕޯގައި ޑިސްޕްލޭކުރެވޭ އުފެއްދުންތަކުގެ ތެރެއިން ލޯކަލީ މާކެޓު ކުރެވެން ހުރި ޕްރޮޑެކްޓުތަށް ރަނގަޅު ފެންވަރެއްގައި ޕެކޭޖް ކުރެވިގެން ރާއްޖޭގެ ބާޒާރަށް ނެރުމަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަށް ދެނެގަނެވިގެންދާނެ އެވެ. އަދި މި މައުރަޒުން ހޮވޭ އެންމެ ރަނގަޅު ދެ ޕްރޮޑެކްޓު ބައިނަލަޤްވާމީ އެކްސްޕޯއެއްގައި ޑިސްޕްލޭ ކުރުމުގެ ފުރުސަތު ދެވިގެން ދާނެކަން ވެސް ބިޒްނަސް ސެންޓަރުން ބުނެއެވެ.

އެކްސްޕޯގެ ތެރެއިން އެކި ކުންފުނިތަކުންނާއި އެންޖީއޯތަކުން ޚާއްސަ އިންފޯރމޭޝަން ސެޝަން ތަކެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި އެކްސްޕޯގައި ބައިވެރިކުރާ އުފެއްދުތަކަށް އިންސާފުކޮށް ފައިސާގެ އިނާމުވެސް ދިނުމަށް ވަނީ ނިންމާފައެވެ. އެގޮތުން އެކްސްޕޯގައި ބައިވެރިކުރާ އުފެެއްދުތަކަށް ފަޑިޔާރުކަން ކުރުމަށް ޚާއްސަ ފަޑިޔާރުންގެ ޓީމެއް އެކުލަވާލައިފައިވެއެވެ.

އެކްސްޕޯގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ހޮވާ ވަނަތަކުގެ ތެރޭގައި އެންމެ މަޝްހޫރު ސްޓޯލް ( ލިބުނު އާމްދަނީއަށް ބަލާފައި ) އާއި އެންމެ އުފެއްދުންތެރި ސްޓޯލާއި ކާބޯތަކެތީގެ ކެޓަގަރީއިން އެންމެ އުފެއްދުންތެރި ޕްރޮޑަކްޓާއި އާޓް އެންޑް ކްރާފްޓް ކެޓަގަރީއިން އެންމެ އުފެއްދުންތެރި ޕްރޮޑެކްޓް ހިމެނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ