
ގދ އަތޮޅު ކައުންސިލް ތިނަދޫ ޑަބްލިއުޑީސީ ހިޔަލަ އެކްސްޕޯ 2022 ހުޅުވިފައި ހުންނާނެ ގަޑިތައް!
# ގދ އެޓޯލް ކައުންސިލް ތިނަދޫ ޑަބްލިއުޑީސީ ހިޔަލަ އެކްސްޕޯ 2022_AMN6245
ހުވަދު އަތޮޅުގައި ބާއްވާ މަސައްކަތްތެރިންގެ އެންމެ ބޮޑު އެކްސްޕޯ ، ގދ އަތޮޅު ކައުންސިލް ޑަބްލިއުޑީސީ ހިޔަލަ އެކްސްޕޯ 2022 ވަނީ ރޭގައި ރަސްމީކޮށް ފަށާފައެވެ.

189 ބައިވެރިންގެ ޕްރޮޑަކްޓްތަކާއި އެކު ރޭ ފެށުނު މި އެކްސްޕޯ މާދަމާ ރޭގެ ނިޔަލަށް ކުރިޔަށް ދާނެ އެވެ. މި އެކްސްޕޯގެ ތެރެއިން ޚާއްސަ މައުލޫމާތު ސެޝަންތަކެއްވެސް ކުރިޔަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ.
އެކްސްޕޯ ހުޅުވިފައިވާ ހުންނާނެ ގަޑިތަކަކީ:
ހުކުރު ދުވަހު
މެންދުރު 14:00 އިން ފެށިގެން އިރުއޮއްސި 18:00 އަށް ( ނަމާދު ވަގުތަކަށް 30 މިނިޓް ބަންދު )
ރޭގަނޑު 20:00 އިން ފެށިގެން 23:00 އަށް
ހޮނިހިރު ދުވަހު
ހެނދުނު 08:00 އިން ފެށިގެން އިރުއޮއްސި 18:00 އަށް ( ކޮންމެ ނަމާދު ވަގުތަކަށް 30 މިނިޓް ބަންދު )
ރޭގަނޑު 20:00 އިން ފެށިގެން 23:00 އަށް
މި އެކްސްޕޯ ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ މާދަމާ ރޭ 22:00 ގައި އެވެ.
މި އެކްސްޕޯގައި ގދ އަތޮޅުގެ ރަށްތަކުގެ ތެރެއިން މަޑަވެލި ފިޔަވާ ހުރިހާ ރަށަކުން މަސައްކަތްތެރިންގެ މަސައްކަތްތަށް ދައްކާލުވުމަށް ވަނީ ނިންމާފައެވެ. އެގޮތުން މި މައުރަޒުގައި ބައެއް ރަށްތަކުން ބައިވެރިވެފައިވަނީ އެރަށްރަށުގެ ޑަބްލިއުޑީީސީތަކާއި ގުޅިގެންނެވެ.
އެކްސްޕޯގައި ހިމެނޭ ސްޓޯލްތަށް:
ފަރެސްމާތޮޑާ ޑަބްލިއުޑީސީ
ފިޔޯރީ ޑަބްލިއުޑީސީ
ރަތަފަންޑޫ ޑަބްލިއުޑީސީ
ވާދޫ ޑަބްލިއުޑީސީ
ހޯނޑެއްދޫ ޑަބްލިއުޑީސީ
ގައްދޫ ޑަބްލިއުޑީސީ
ނަޑެއްލާ ޑަބްލިއުޑީސީ
ޓެނަން
ކާޓިޔާ
އާޓްވޯކްސް ބައި އަޝްރާފް
އެގްރޯނެޓް
އޭބީއެސް ފަންނުވެށި
ކަވިކަވި / އާޓްސީ
މި އެކްސްޕޯގެ ޓައިޓަލް ސްޕޮންސަރަކަށް ހަމަޖައްސާފައިވަނީ ގދ އަތޮޅު ކައުންސިލެވެ. ކޯ ސްޕޮންސަރުންނަކީ މޯލްޑިވްސް ގޭސް އާއި ފެނަކަ އަދި އެގްރޯނެޓެވެ. އެސޯސިއޭޓް ސްޕޮންސަރަކަށް ހަމަޖައްސާފައިވަނީ ތިނަދޫ ކައުންސިލާއި ވެލިގާ ހާޑްވެއާ އާއި އެފްއެސްއެމް އާއި ގދ އޭއީސީ އާއި އަޔާޑާ އާއި އަމާރީެގ އިތުރުން ރަފެލްސް މެރަދޫއެވެ. މީޑިއާ ޕާޓްނަރަކީ ގާފު އޮންލައިން އެވެ. ބެވަރޭޖަސް ޕާޓްނަރަކަށް އިބްނަމީ ހަމަޖައްސާފައިވާ އިރު ޕްރިންޓިންގ ޕާޓްނަރަކީ ނޯވާ ޓެކް އެވެ. ޑިޖިޓަލް ޕާޓްނަރަކީ ދިރާގު އެވެ. އިތުރު ސްޕޮންސަރުންނަކީ ޑީއެމްއެން އާއި އަސްރަފީ އާއި ތިނަދޫ ރެސިޑެންސްގެ އިތުރުން ސްވިފްޓް އެވެ.
ތިނަދޫ ޑަބްލިއުޑީސީއިން މައުލޫމާތު ދޭގޮތުގައި މި އެކްސްޕޯގެ މަޤްސަދަކީ ވިޔަފާރީގެ މައިދާނުގައި ދެޖިންސުގެ ފަރާތްތަށްވެސް ބާރުވެރިކުރުވައި އެފަރާތްތަކުގެ އުފެއްދުންތަކަށް ވާދަވެރި މާކެޓެއް ހޯދައި ދިނުމެވެ. އެގޮތުން ކާބޯތެކެތި ހެދުމުގެ ހުނަރާއި އަތްތެރި މަސައްކަތާއި އާރޓް އެންޑް ކްރާފްޓުގެ މަސައްކަތްތަށްވެސް މި އެކްސްޕޯގައި ބައިވެރިކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. މި އެކްސްޕޯގައި ބައިވެރިންގެ ޕްރޮޑަކްޓުތަށް އާންމުންނަށް ވިއްކުމުގެ ފުރުސަތު ވެސް ލިބިގެން ދާނެ އެވެ.
މި އެކްސްޕޯއާއި އެކު އެކްސްޕޯގައި ޑިސްޕްލޭކުރެވޭ އުފެއްދުންތަކުގެ ތެރެއިން ލޯކަލީ މާކެޓު ކުރެވެން ހުރި ޕްރޮޑެކްޓުތަށް ރަނގަޅު ފެންވަރެއްގައި ޕެކޭޖް ކުރެވިގެން ރާއްޖޭގެ ބާޒާރަށް ނެރުމަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަށް ދެނެގަނެވިގެންދާނެ އެވެ. އަދި މި މައުރަޒުން ހޮވޭ އެންމެ ރަނގަޅު ދެ ޕްރޮޑެކްޓު ބައިނަލަޤްވާމީ އެކްސްޕޯއެއްގައި ޑިސްޕްލޭ ކުރުމުގެ ފުރުސަތު ދެވިގެން ދާނެކަން ވެސް ބިޒްނަސް ސެންޓަރުން ބުނެއެވެ.
އެކްސްޕޯގެ ތެރެއިން އެކި ކުންފުނިތަކުންނާއި އެންޖީއޯތަކުން ޚާއްސަ އިންފޯރމޭޝަން ސެޝަން ތަކެއްވެސް ބާއްވަން ވަނީ ނިންމާފައެވެ.
މި އެކްސްޕޯގައި ބައިވެރިކުރާ އުފެއްދުތަކަށް އިންސާފުކޮށް ފައިސާގެ އިނާމުވެސް ދިނުމަށް ވަނީ ނިންމާފައެވެ. އެގޮތުން އެކްސްޕޯގައި ބައިވެރިކުރާ އުފެެއްދުތަކަށް ފަޑިޔާރުކަން ކުރުމަށް ޚާއްސަ ފަޑިޔާރުންގެ ޓީމެއް ވަނީ އެކުލަވާލައިފައެވެ.
އެކްސްޕޯގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ހޮވާ ވަނަ ތަކުގެ ތެރޭގައި އެންމެ މަޝްހޫރު ސްޓޯލް ( ލިބުނު އާމްދަނީއަށް ބަލާފައި ) އާއި އެންމެ އުފެއްދުންތެރި ސްޓޯލާއި ކާބޯތަކެތީގެ ކެޓަގަރީއިން އެންމެ އުފެއްދުންތެރި ޕްރޮޑަކްޓާއި އާޓް އެންޑް ކްރާފްޓް ކެޓަގަރީއިން އެންމެ އުފެއްދުންތެރި ޕްރޮޑެކްޓް ހިމެނެއެވެ.
މީގެ އިތުރުން ޚާއްސަ ކެއްކުމުގެ މުބާރާތެއްވެސް އެކްސްޕޯގެ ތެރެއިން ބޭއްވުމަށް ވަނީ ނިންމާފައެވެ. މި މުބާރާތުގައި އޮންނާނީ މާދަމައެވެ. މިއީ މިފަދަ ގޮތަކަށް އެންމެ ރަނގަޅު އިންތިޒާމްތަކާއި އެކު ގދ އަތޮޅުގައި ބޭއްވޭ އެންމެ ބޮޑު ކެއްކުމުގެ މުބާރާތަށް ވެގެންދާނެ އެވެ.
ގުޅުންހުރި

އަންހެނަކަށްވީތީ ބައެއް ކަންތައް ނުކުރެވޭނެ ކަމަށް ބުނެވުނު ޒަމާން މާޒީވެއްޖެ - ސައީދު

ފެނަކަ އެމްޑީ އަކީ މި އަތޮޅަށް ނިސްބަތްވާ ބޭފުޅަކަށް ވުމީ ވަރަށް ބޮޑު ނަސީބެއް - ފައިހަތު

ހިޔަލަ އެކްސްޕޯ ކާމިޔާބުކަމާއެކު ނިންމާލައިފި
