logoEN
cocacola
އޭޑީބީން ރާއްޖެއަށް 10 މިލިއަން ޑޮލަރުގެ އެހީއެއް

އޭޑީބީން ރާއްޖެއަށް 10 މިލިއަން ޑޮލަރުގެ އެހީއެއް

އައިޝަތު އިފާޝާ

logo

9/21/2022, 1:10:53 PM

# ކޮވިޑް-19

ވެކްސިން|Vaccine

ރާއްޖޭގެ ކޮވިޑް ވެކްސިން ޕްރޮގްރާމަށް އެހީތެރިވުމުގެ ގޮތުން، އޭޝިއަން ޑިވެލޮޕްމަންޓު ބޭންކު، އޭޑީބީން 10 މިލިއަން ޑޮލަރު ނުވަތަ 154 މިލިއަން ރުފިޔާގެ އެހީއެއް ދިނުމަށް ނިންމައިފިއެވެ.

ގޮސިޔާ

އޭޑީބީގެ އޭޝިއާ ޕެސިފިކް ވެކްސިން އެކްސެސް ފެސިލިޓީގެ ދަށުން ރާއްޖެއަށް މިދޭ އެހީއަކީ ވެކްސިން ރައްކާކުރާ ފެސިލިޓީތައް ޤާއިމްކުރުމަށާއި، ވެކްސިން ޖެހުމުގެ މަސައްކަތް ހަރުދަނާ ކުރުމަށް ކަމަށް އެޑީބީން ހާމަކުރެއެވެ.

އޭޑީބީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ކޮވިޑު ވެކްސިން ޖެހުމުގައި ރާއްޖެއިން ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށެވެ. އަދި މިހާރު އެ ބޭންކުން ދޭން ނިންމާފައިވާ އެހީއާއެކު ވެކްސިން ޖެހުމުގެ މަސައްކަތް ހަރުދަނާކޮށް، ބޫސްޓަރ ޑޯސް ޖެހުމާއި، ކުޑަކުދިންގެ ގަޔަށް ކޮވިޑު ވެކްސިން ޖެހުމުގެ ޕްރޮގްރާމަށް އެހީތެރިވެދޭނެ ކަމަށެވެ. އަދި ވެކްސިން ރައްކާކުރުމަށް ކޯލްޑު ސްޓޯރޭޖްތައް ގާއިމްކުރުމާއި، ޑެލިވަރީ އަދި މޮނިޓަރިންގެ މަސައްކަތްތައްވެސް އެހީތެރިވެދޭނެ ކަމަށް އޭޑީބީގެ ބަޔާނުގައިވެއެވެ.

މި އެހީގެ ދަށުން ހުޅުމާލޭގައި އިއާދަކުރަނިވި ހަކަތައިން އޮޕަރޭޓުކުރާ، ސެންޓްރަލް ސްޓޯރޭޖް ފެސިލިޓީއެއް ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. މިތަނުގައި ވެކްސިނާއި، ސިއްހީ އާލަތްތަކާއި، ލެބޯޓްރީ އާލަތްތައް ރައްކާކުރުމުގެ ޖާގަ ހުންނާނެއެވެ. އަދި ވެކްސިން ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތަށް، 7 ލޯންޗާއި، 2 ރެފްރިޖެރޭޓަޑު ލޮރީ، އަދި 2 ވޭން ހޯދުމަށް ވަނީ ހަމަޖެހިފައެވެ.

އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް އޭޑީބީއަކީ ރާއްޖެއަށް މީގެ ކުރީންވެސް ގިނަ އެހީތަކެއް ފޯރުކޮށްދީފައިވާ ބައެކެވެ. އެގޮތުން ކޮވިޑުން ރައްކާތެރިވުމަށް ކޮވިޑު އެކްޓިވް ރެސްޕޮންސް އެންޑު އެކްސްޕެންޑިޗަރ ސަޕޯޓު ޕްރޮގްރާމްގެ ތެރެއިން 50 މިލިއަން ޑޮލަރު، އޭޝިއަން ޕެސިފިކް ޑިސާސްޓަރ ރިލީފް ފަންޑުގެ ދަށުން 1.5 މިލިއަން ޑޮލަރުގެ އިތުރުން، ޓެކްނިކަލް އެސިސްޓަންސްގެ ގޮތުގައި 2 މިލިއަން ޑޮލަރުގެ އެހީއެއް އެ ބޭންކުން ވަނީ ރާއްޖެއަށް ދީފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ