![އަލީ ވަހީދުގެ ޝަރީއަތުގެ އަޑުއެހުމެއް އާދިއްތަ ދުވަހު](/_next/image?url=%2Fsikundi-content%2Fuploads%2F2021%2F01%2F222797_3_2601a06aaa5e72eead62db39c92b0add4361a45a_medium.jpg&w=3840&q=75)
222797_3_2601a06aaa5e72eead62db39c92b0add4361a45a_medium
ކުރީގެ ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދުގެ މައްޗަށްއުފުލާފައިވާ ގިންސީ ގޯނާގެ ތުހުމަތުގެ ޝަރީއަތުގެ އަޑުއެހުމެއް އާދިއްތަ ދުވަހަށް ތާވަލު ކޮށްފިއެވެ.
![ގޮސިޔާ](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F1%2Fgosiya-ads.gif&w=3840&q=75)
މި މައްސަަލައިގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފައިވަނީ އަންނަ އާދިއްތަ ދުވަހުގެ 13:30 އަށެެވެ.
ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި މިދިޔަ އަހަރު މަގާމުން ވަކި ކުރި އަލީ ވަހީދުގެ މައްޗަށް 7 ދައުވާއެއް ދައުލަތުން އުފުލާފައިވެއެވެ. އެއީ ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދެ ދައުވާއަކާއި ޖިންސީ އަނިޔާ ކުރުމުގެ ދައުވާ އާއި ރޭޕްކުރަން އުޅުމުގެ ދައުވާ އާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަ ކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާ ކުރުމުގެ ދައުވާގެ އިތުރުން ޖިންސީ ގޯނާކުރަން އުޅުމުގެ ދައުވާ އެވެ.
އަލީ ވަހީދު ވަނީ މި ހުރިހާ ތުހުމަތަކީވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ވިދާޅުވެ މިހުރިހާ ތުހުމަތުތަކެއްވެސް ދޮގު ކުރައްވާފައެވެ. އަދި އެކަމާ ކުރިމަތިލައްވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. މި މައްސަލައަކީ ބަދުއަޚުލާގީ މައްސަލައަކަށް ވާތީ އެ މައްސަލާގެ ޝަރީއަތް އޮންނާނީ ސިއްރުކޮށްފަ އެވެ.