
177670_3_754a48b1af364eac3532af1d48eea18b974c5d06_large
ޖިންސީ ފުރައްސާރަ އާއި ރޭޕްގެ ތުހުމަތު އެޅިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެ އިން ބޭރަށް ފުރަން ޖާމިނުވެ އޭނާ ޝަރީއަތަށް ހާޒިރުނުކޮށްދީގެން ޖަލު ހުކުމް އިއްވާފައިވާ ޔޫތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) މިއަދު އެނބުރި ރާއްޖެ އައިސް އަމިއްލައަށް ކަރެކްޝަންސް އާ ހަވާލުވެއްޖެ އެވެ.

އަސްހަދަށް 15 ދުވަހުގެ ޖަލު ހުކުމެއް އިއްވީ މި މަހުގެ ދެ ވަނަ ދުވަހެވެ. އައްސަދަށް ހުކުމްކުރިއިރު ރާއްޖެއިން ބޭރުގައި ހުރުމުން އޭނާއަށް ހުކުމް އިއްވާފައިވަނީ ޣައިރު ހާޒިރުގައެވެ.
ކަރެކްޝަންސުން ބުނީ އަޑުބަރޭ އަމިއްލައަށް ހަވާލުވުމުން ހުކުމް ތަންފީޒުކުރަން އޭނާ މިހާރު ހުރީ އެތަނުގެ ބެލުމުގެ ދަށުގައި ކަަމަށެވެ. އޭނާ ޖަލަށް ގެންދިޔައީ އެއާޕޯޓުންނެވެ.
އަސްހަދަށް ހުކުމްކޮށްފައިވަނީ، 72 ގަޑިއިރުގެ ތެރޭގައި އަލީ ވަހީދު ރާއްޖެ ނުގެނައުމަކީ ކޯޓުގެ އެންގުމަކާ ޚިލާފުވެ، ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ބުނެއެވެ.
އަލީވަހީދު ރާއްޖެ ގެނެވޭނެ މަގެއް އަދިވެސް ފުލުންނަށް ފެނިފައި ނުވެއެވެ.