logoEN
cocacola
ރެޑްނޯޓިސް ނެރުމާއެކު އަލީ ވަހީދުގެ ޓްވީޓެއް!

ރެޑްނޯޓިސް ނެރުމާއެކު އަލީ ވަހީދުގެ ޓްވީޓެއް!

އައިޝަތު އިފާޝާ

logo

3/3/2022, 3:25:35 PM

# އަލީ ވަހީދު

Screenshot 2021-08-17 at 12.25.05

ބޭއިންސާފާ އަނިޔާގެ ކުރިމަތީ ކުޑަކަކޫ ނުޖަހާނެ ކަމަށް، ޖިންސީ ގޯނާ އަދި ރޭޕްގެ ތުހުމަތުކުރެވޭ އަދި ހައްޔަރު ކުރުމަށް ރެޑް ނޯޓިސް ނެރެފައިވާ، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ގޮސިޔާ

އޭނާ ހައްޔަރުކުރުމަށް އިންޓަޕޯލް އިން ރެޑް ނޯޓިސް ނެރުމާ ގުޅިގެން އަލީ ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބޭއިންސާފުގެ ކުރިމަތީ އަމާންނުދޭނެ ކަމަށާއި އަނިޔާވެރިކަމުގެ ކުރިމަތީ ކުޑަކަކޫނުޖަހާނެ ކަމަށެވެ.

އިރާދަފުޅުން ޙައްޤަށް ނަސްރު ލިބޭނެ. ފްރޭމް ފަޅާއަރާ ނުޙައްޤުންދޭ އަނިޔާގެ ބަދަލުވެސް ހޯދާނަން. އަޅުގަނޑުގެ މައުސޫމްކަން ދުނިޔެއަށް ސާބިތުކޮށްދޭނަން. ސަރުކާރާ ދެކޮޅަށް ހުރިހުރުން ގުޑުވާނުލެވޭނެ--- އަލީ ވަހީދު

ބޭއިންސާފުގެ ކުރިމަތީ އަމާންނުދޭނަން. އަނިޔާވެރިކަމުގެ ކުރިމަތީ ކުޑަކަކޫނުޖަހާނަން. އިރާދަފުޅުން ޙައްޤަށް ނަސްރު ލިބޭނެ. ފްރޭމް ފަޅާއަރާ ނުޙައްޤުންދޭ އަނިޔާގެ ބަދަލުވެސް ހޯދާނަން. އަޅުގަނޑުގެ މައުސޫމްކަން ދުނިޔެއަށް ސާބިތުކޮށްދޭނަން. ސަރުކާރާ ދެކޮޅަށް ހުރިހުރުން ގުޑުވާނުލެވޭނެ ????????

— Ali Waheed (@ali20waheed) March 3, 2022

ޖިންސީ ގޯނާގެ ގިނަ ދައުވާތަކެއް އުފުލާފައިވާ އަލީ ވަހީދު ހައްޔަރު ކުރަން އިންޓަޕޯލް އިން ރެޑް ނޯޓިސް ނެރެފައިވާ ކަމަށް ދިވެހި ފުލުހުން ވިދާޅުވި ނަމަވެސް އަލީ ވަހީދު ހައްޔަރު ކުރަން އިންޓަޕޯލް އިން ރެޑް ނޯޓިސް ނެރެފައިވާ ކަމަކަށް އިންޓަޕޯލްގެ ވެބްސައިޓުން ފެންނާކަށް ނެތެވެ.

އަލީ ވަހީދު ރާއްޖއިން ބޭރަށް ވަޑައިގަތީ ކްރިމިނަލް ކޯޓުން އެ ހުއްދަ ދިނުމުންނެވެ. ނަމަވެސް ހުއްދަ ދިން ހަތަރު މަހުގެ މުއްދަތު ފަހަނައެޅި ފަހުން ވެސް އަހަރެއްވީ އިރުވެސް އޭނާ ރާއްޖެ އައިސްފައި ނުވެއެވެ. އަލީވަހީދުގެ މައްސަލައިގެ ޝަރީއަތަށް އޭނާ ހާޒިވެފައި ނުވާތީ، އޭނާ ރާއްޖެއިން ބޭރަށް ފުރުވުމަށް ޖާމިނުވި އަސްހަދު އަލީ (އަޑުބަރޭ) އަށް ވަނީ ކޯޓުގެ ހުރުމަތް ކެނޑީކަމަށް ބަލައި 15 ދުވަހުގެ ޖަލުހުކުމެއް ކޮށްފައެ

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ