
l_2020_02_25_031226_fzmwiaxlkgb54dps1ecq32uro9tjnvy8h67_EN_
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ 21 ހިޔާ ޓަވަރުތަކުން އުފެދޭނީ 21 ގޭންގު ކަމަށް ރައްޔިތުންގެ މަޖިލިހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް ވިދާޅުވެއްޖެއެވެ.

މެމްބަރު ސަނީފް މިހެން ވިދާޅުވީ، ފުލުހުންނަށް ހަމަލާދީ އިންޒާރު ދޭ މައްސަލައިގައި މަޖިލިހަށް ހުށަހެޅުއްވި ކުއްލި މައްސަލަ އަށް ބަހުސް ކުރައްވަމުންނެވެ. ސަނީފް ވިދާޅުވީ ހުޅުމާލޭގައި އެޅި ޓަވަރުތަކަކީ މާ ރީތި، އަދި މޮޅު ކަމެއްގެ ގޮތުގައި ބައެއް މީހުން ދައްކަމުން އައި ނަމަވެސް އެ ޓަވަރުތަކުގެ ސަބަބުން އުފެދޭނީ ގޭންގުތައް ކަމަށްވުމުން އެ ތަނުން ލިބޭނެ ހިތްހަމަޖެހުމަކީ ކޮބައިތޯ ސަނީފް ވަނީ ސުވާލު ކުރައްވައިފައެވެ.
"ކޮބާތޯ ލިބޭނެ ހިތްހަމަޖެހުމެއް އެ ތަނުގައި؟ ކޮބައިތޯ އެ ތަނުގައި ދިރިއުޅޭ މީހުންނަށް ރައްކާތެރިކަމެއް؟ ކޮބައިތޯ އެމީހުން ހިތްހަމަޖައްސާލަން ދާނެ ތަނެއް؟ ކޮބައިތޯ ޕާކެއް؟ އަޅުގަނޑުމެން ވިސްނަން ޖެހޭ ކަންކަން ކުރާ އިރުގައި، އާބާދީ އެއްފަސް ކުރުމުގައި އަދި އާބާދީ ތޮއްޖެހުމުގައި ވެސް ގެންގުޅެން ޖެހޭ މިންގަނޑުތަކެއް އެބަވޭ،" ހުޅުމާލޭގައި އެޅި ޓަވަރުތަކަށް ވަރަށް ބޮޑަށް ފާޑު ކިޔުއްވައި ސަނީފް ވިދާޅުވިއެވެ.
ސަނީފް ވިދާޅުވީ ގައުމުގެ އާބާދީ އިތުރުވަމުންދާ ވަރަކަށް ކުށްތައް އިތުރުވެގެންދާ ކަމަށާއި އެކަމަށް ހައްލެއް ހޯދުމަށް ފުލުހުންގެ މުއައްސަސާ އާއި އެހެނިހެން މުއައްސަސާތަކުގައި ތިބޭ މީހުންނަށް ތަމްރީނާއި ހުނަރުދީ ކުރިއަރުވަން ޖެހިފައިވާ ކަމަށެވެ.
އަދި ފުލުހުންގެ ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވީ ނަމަވެސް އަދިވެސް ގެންނަން ޖެހޭ ބަދަލުތައް ހުރި ކަމަށް ސަނީފް ވިދާޅުވިއެވެ.
ސަނީފް ވިދާޅުވީ ފުލުހުންނަށް ނުފޫޒު ފޯރުވަނީ ހަމައެކަނި ސިޔާސީ މީހުން ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އެމީހުންނަށް ނުފޫޒު ފޯރުވަނީ "ނުފޫޒު ހުންނަ ބާރުގަދަ ފަރާތްތަކުން" ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ތެރޭގައި ފުލުހުންގެ ތެރޭގައި ތިބި ނުފޫޒު ގަދަ މީހުން ހިމެނޭ ކަމަށް ސަނީފް ވިދާޅުވިއެވެ.
ގުޅުންހުރި

21 ހިޔާ ޓަވަރުން އުފެދޭނީ 21 ގޭންގު - ނަސީފް

ބިދޭސީންނަށް މިނިމަމްވޭޖް ލަސްކުރުމުން ދިވެހިންނަށް ވަޒީފާގެ ފުރުސަތު ހަނިވާނެ - ސަނީފް

ޔާޔާ ނަބީލް ދޫކޮށްލަން ހުކުމް އިއްވި ފަނޑިޔާރު ހުރީ ކޮން ހާލަތެއްގައިތޯ ބަލަން ޖެހޭ - ސަނީފް
