
ޔާޔާ ނަބީލް ދޫކޮށްލަން ހުކުމް އިއްވި ފަނޑިޔާރު ހުރީ ކޮން ހާލަތެއްގައިތޯ ބަލަން ޖެހޭ - ސަނީފް
# އަބްދުﷲ ސަނީފްabdulla-saneef-1
މީސްމީޑިއާގައި ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯތަކާއި ވީޑިއޯތައް އާންމުކުރަމުންދާ ފިރިހެނެއް ކަމަށްވާ މުހައްމަދު ނަބީލް (ޔާޔާ ނަބީލް) ބަންދުން ދޫކޮށްލުމަށް ހުކުމް އިއްވި ފަނޑިޔާރު ހުންނެވީ ކޮން ހާލަތެއްގައި ތޯ ބަލަން ޖެހޭ ކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް ވިދާޅުވެއްޖެއެވެ.

ބަރަހަނާ ހާލުގައި ހުރި ފޮޓޯއާއި ވީޑިއޯތައް މީސްމީޑިއާގައި އާންމުކުރަމުންދާ މައްސަލައިގައި އޭނާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ބުދަ ދުވަހުއެވެ.
ބުދަ ދުވަހު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ވިދާޅުވީ، އާންމު އިޖުތިމާއީ މިންގަނޑާއި ޚިލާފު ފޮޓޯތަކެއް މީސްމީޑިއާގައި އާންމު ކޮށްފައިވާ މައްސަލައެއްގައި 37 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
މެމްބަރު ސަނީފް މިހެން ވިދާޅުވެފައިވަނީ، އަމިއްލަ ބަރަހަނާ މަންޒަރު ދައްކުވައިދޭ ވީޑިއޯތަކާއި ފޮޓޯތައް ނަގައި މީސްމީޑިއާގައި އާންމުކުރަމުންދާ މައްސަލައިގައި ފުލުހުން އޭނާ ހައްޔަރުކޮށް ބަންދުގެ މުއްދަތާމެދު ގޮތެއް ނިންމުމަށް ކޯޓަށް ދިއުމުން، އޭނާއަކީ މުޖުތަމައުއަށް ގެއްލުން ހުރި މީހެއް ކަމަށް ނުފެންނަ ކަމަށްބުނެ އޭނާ ބަންދުން ދޫކޮށްފައިވާތީއެވެ.
އިއްޔެ ހެނދުނު އޭނާ ދޫކޮށްލާފައިވާއިރު، އޭނާ ދޫކޮށްލުމަށް ކޯޓުން ނެރުނު އަމުރުގައި ވަނީ، އޭނާ ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާއޮތް ކަމަށް ބަޔާންކޮށް ފުލުހުން ފާހަގަކުރި ކަންކަމަށް ބަލާއިރު، އޭނާއަށް ތުހުމަތު ކުރެވޭ ކުށުގެ ބަވާތުން މުޖުތަމައުގެ އެހެން ފަރާތަކަށް ގެއްލުމެއްް ލިބުމުގެ ފުރުސަތެއް ނެތް ކަމަށެވެ.
އެކަމާއި ގުޅިގެން ސަނީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެގޮތަށް ހުކުމް އިއްވި ފަނޑިޔާރު ހުރީ ކިހިނެއް ކޮން ހާލެއްގަތޯ ބެލުމަކީ ދިވެހި ރައްޔިތުން ކުރަން ޖެހޭ ކަމެއް ކަމަށެވެ.
ގުޅުންހުރި

21 ހިޔާ ޓަވަރުން އުފެދޭނީ 21 ގޭންގު - ނަސީފް

ބިދޭސީންނަށް މިނިމަމްވޭޖް ލަސްކުރުމުން ދިވެހިންނަށް ވަޒީފާގެ ފުރުސަތު ހަނިވާނެ - ސަނީފް

ޔާޔާ ނަބީލް ދޫކޮށްލަން ހުކުމް އިއްވި ފަނޑިޔާރު ހުރީ ކޮން ހާލަތެއްގައިތޯ ބަލަން ޖެހޭ - ސަނީފް
