logoEN
Sto top
އަލީ ރަމީޒުގެ އިންޒާރާއެކު ޑާކް ރެއިނުން މާފަށްއެދިއްޖެ

އަލީ ރަމީޒުގެ އިންޒާރާއެކު ޑާކް ރެއިނުން މާފަށްއެދިއްޖެ

އައިޝަތު އިފާޝާ

logo

9/19/2022, 7:35:13 PM

# އަލީ ރަމީޒް# ޑާކް ރެއިން އެންޓަޓެއިންމަންޓް

ali rameez

ޑާކް ރެއިން އެންޓަޓައިންމަންޓުން މަސައްކަތް ނިންމާފައިވާ ފިލްމް "ހިނދުކޮޅެއް" ގައި ކުރީގެ ލަވަކިޔުންތެރިޔާ އަލީ ޒަމީޒުގެ ލަވައެއް ކަމަށްވާ "ލޮލަކަށް ނިންމެއް ނާދޭ" އަލީ ރަމީޒްގެ ހުއްދައަކާ ނުލައި ބޭނުން ކުރުމާއި ގުޅިގެން ދައުވާ ކޮށްފާނެ ކަމުގެ އިންޒާރު ދިނުމުން އެސްޓޫޑިއޯއިން އެލަވަ ޑިލީޓްކޮށްލައި މަޢާފަށް އެދިއްޖެއެވެ.

Wamco

އެ ފިލްމުގެ ލީޑް ރޯލުން ފެނިގެންދާ އައިމިނަތު ރަޝްފާ (އާޝާ)ގެ އުފަން ދުވަހާ ދިމާކޮށް އެލަވަ ޑާކް ރެއިނުން ރިލީޒްކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. އެކަމާއި ގުޅިގެން އަލީ ރަމީޒް މިއަދު ސޯޝަލް މީޑިއާގައި ބުނީ އޭނަގެ އަމިއްލަ އުފެއްދުމެއް ކަމަށްވާ "ލޮލަކަށް ނިންޖެއް ނާދޭ"ގެ އާ ވާޝަނެއް އޭނާގެ ހުއްދަ ނެތި އެހެން ލަވަކިޔުންތެރިޔަކު ލައްވައި ކިޔުއްވައި އެމީހުންގެ ފިލްމަކަށް ލުމަށް މަސައްކަތް ކުރަމުންދާކަން އެމީހުންގެ އަމިއްލަ ސޯޝަލް މީޑިއާއިންނާއި އެހެނިހެން މީޑިއާތަކުން ކަށަވަރު ވެފައިވާ ކަމަށެވެ.

އަދި އެގޮތަށް އޭނާގެ ޕްރޮޑަކްޝަންތައް ބޭނުންކުރާ ފަރާތްތަކާ މެދު ޝަރުއީ އަދި ގާނޫނީ ފިޔަވަޅު އަޅަން ފަސްނުޖެހޭނެ ކަމަށް ވެސް އަލީ ރަމީޒު ވިދާޅުވެފައިވެއެވެ. އަލީ ރަމީޒު އިތުރަށް ވިދާޅުވީ މިފަދަ ކަންކަން ކުރާއިރު، އެހެން މީހުންގެ ހައްގުތަކަށް އިހުތިރާމުކޮށް، އެފަދަ ކަންކަން ނުކުރުމަށް އެދޭ ކަމަށެވެ.

ޑާކް ރެއިންގެ ފިލްމު "ހިނދުކޮޅެއް" ގައި ހިމަނޭ ލަވަ "ލޮލަކަށް ނިންޖެއް ނާދޭ" ކިޔާފައި ވަނީ މަރިޔަމް އަޝްފާ އެވެ. އަދި މި ލަވައިގެ އަސްލު ނުގެއްލޭ ގޮތަށް މިއުޒިކާ ކުޅެފައި އޮތީ ހުސައިން ތައުފީގެވެ. ލަވަ އޮތީ އަލީ ރަމީޒް ކިޔާފައި އޮތް ލަވައިގެ ޅެން އީސާ ޝަރީފު ލިޔުނު ގޮތަށެވެ.

އަލީ ރަމީޒުވެ ވާހަކަތަކާ ގުޅިގެން ޑާކް ރެއިނުން މިއަދު ވަނީ ހުއްދަ ނެތި ލަވަ ބޭނުންކޮށްފައިވާތީ މާފަށް އެދޭ ކަމަށް ބުނެ ކުރު ބަޔާނެއް ނެރެފަ އެވެ. ފޭސްބުކްގައި އަލީ ރަމީޒް ޓެގްކޮށް އެ ސްޓޫޑިއޯ އިން ބުނީ "ލޮލަކަށް ނިންޖެއް ނާދޭ" ލަވަ އެ މޫހުންގެ އެއްވެސް އުފެއްދުމެއްގައި ބޭނުން ނުކުރާނެ ކަމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside