
Screenshot 2022-09-16 at 14.57.54
ޑާކް ރެއިން އެންޓަޓައިމަންޓުން މަސައްކަތް ނިންމާފައި އޮތް ފިލްމު "ހިނދުކޮޅެއް" ގެ ލަވަތަކުގެ ތެރެއިން "ލޮލަކަށް ނިންޖެއް ނާދޭ" މިއަދު އާންމުންނަށް ދޫކޮށްލައިފި އެވެ.

ޑާކް ރެއިން އެންޓަޓައިންމަންޓުން މިލަވަ ދޫކޮށްލީ ފިލްމުގެ ބަތަލާ އައިމިނަތު ރަޝްފާ (އާޝާ) ގެ އުފަން ދުވަސް މިއަދު ފާހަގަކުރާތީ އެކަމާ ގުޅުވައިގެންނެވެ. ޒުވާން ބަތަލާ އަކީ ޑާކް ރެއިންގެ 2019 ގެ ފިލްމު "ގޮށްރާޅު" އިން ފިލްމީ ދާއިރާ އަށް ނުކުތް ބަތަލާއެކެވެ.
ލޯބީގެ ވާހަކައަކަށް ހަދާފައިވާ "ހިނދުކޮޅެއް" ގެ ލީޑް ރޯލުން ފެންނާނީ އާޝާ އާއި ޝަރަފު އަބްދުﷲ އެވެ. މީގެ ކާސްޓްގައި ރަވީ ފާރޫގާއި މަރިޔަމް މަޖުދާ (މަޖޫ) ވެސް ހިމެނެ އެވެ. އަހުމަދު ތޮލާލުގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ ފިލްމުގެ ޑައިރެކްޓަރަކީ އަލީ ޝިފާއު (ޗިއްޕެ) އެވެ.