logoEN
WAMCO TOP 1
ފިލްމު ޖަންނަތު އަތޮޅުތަކުގައި އެޅުވުމުގެ ފުރުސަތު ހުޅުވާލައިފި

ފިލްމު ޖަންނަތު އަތޮޅުތަކުގައި އެޅުވުމުގެ ފުރުސަތު ހުޅުވާލައިފި

އަލްފާ އަލީ

logo

7/11/2026, 5:27:36 AM

# ޑާކް ރެއިން އެންޓަޓެއިންމަންޓް

ޖަންނަތު ފިލްމުގެ ޕޯސްޓަރއެއް

ޑާކް ރެއިން އިން އަންނަ އޮގަސްޓު މަހު އެޅުވުމަށް ތައްޔާރުވަމުން އަންނަ ދިވެހި ފިލްމް 'ޖަންނަތު' އަތޮޅު ތެރޭގެ ރަށްތަކުގައި އަޅުވަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.

THE TRAVELLER AD

ޑާކް ރެއިން އިން ބުނީ 'އައިލެންޑް ސިނަމާ' މެދުވެރިކޮށް މި ފިލްމު އަތޮޅުތަކުގައި އެޅުވުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށާއި 9111164 ނުވަތަ 7779621 އަށް ވައިބަރ ކުރުމުން އެ އިންތިޒާމު ހަމަޖެހޭނެ ކަމަށެވެ.

އޮލިމްޕަސް ސިނަމާގައި ޖަންނަތު އެޅުވުމަށް ނިންމާފައިވަނީ އޮގަސްޓު 3 ގައެވެ. މިއީ އާއިލީ ގުޅުންތަކާއި ލޯތްބާއި، ކެކުޅުން އެކުލެވޭ ފިލްމެއްކަން މިހާތަނަށް އާންމުކޮށްފައިވާ ޓްރެއިލަރތަކުން ހާމަވެއެވެ. އެންމެފަހުން އާންމުކުރި ޓްރެއިލަރގައި އިސްމާޢީލް ރަޝީދު (ކޮޕީ އިއްސެ) ޤާނޫނީ ވަކީލެއްގެ ގޮތުގައި ކޯޓެއްގައި ވަކާލާތުކުރާ މަންޒަރު ދައްކުވައިދެއެވެ. ކޯޓުގެ ގާޒީއެއްގެ ގޮތުގައި ފެނިގެންދަނީ ތަޖުރިބާކާރު އެކްޓަރު މުޙައްމަދު ރަޝީދު (ދަރާ) އެވެ.

މި މަންޒަރުތަކުގައި ވަކީލު އިސްމާޢީލް ރަޝީދު ވަނީ ކުޑަކުއްޖެއްގެ ބެލެނިވެރިކަމާ ގުޅޭގޮތުން ވަރަށް ވަރުގަދަ ވާހަކަތަކެއް ދައްކާފައެވެ. އެގޮތުން "ތިޔަ އިންސާފުވެރި ޢިއްޒަތްތެރި ގާޒީގެ ކުރިފުޅުމަތީ މި އޮތީކީ ހަމައެއްގޮތަކަށްވެސް ކުޑަކުއްޖަކު ބެލުމަކީ ފިރިހެނަކަށްވެސް ކުރެވިދާނެ ކަމެއްތޯ ނިންމުމުގެ މައްސަލައެއް ނޫން." ކަމަށް އިއްސެ ބުނެއެވެ. އަދި "މިއަދު މި ވާހަކަ ދެކެވެނީ ކުޑަކުއްޖެއްގެ މުޅި މުސްތަގްބަލް ވާނުވާނޭނގެ ނުކުޅެދޭ ފިރިހެނަކާ ހަވާލުކުރުމަކީ ހެޔޮވެގެންވާނެ ކަމެއްތޯ ނިންމުމުގެ މައްސަލަ." ކަމަށް ވެސް ބުނެއެވެ.

ޢަލީ ޝިފާޢު (ޗިއްޕެ) ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ މައިގަނޑު ތަރިންގެ ތެރޭގައި ޝަރަފް، ޝުހާ، މުޙައްމަދު ރަޝީދު (ދަރާ)، އިސްމާޢީލް ރަޝީދު (ކޮޕީ އިއްސެ)، ޔާދާ، މުހައްމަދު އަފްރާހް (ކުޑޭ) އަދި އަންޖީ ހިމެނެއެވެ. މިއީ އައިޝަތު ފުއާދު އާއި އަޙްމަދު ޠަލާލްގެ ސްކްރީން ޕްލޭއަކަށް އުފައްދާ ފިލްމެކެވެ. ޕްރޮޑިއުސްކުރީ އައިޝަތު ފުއާދު އާއި މުހައްމަދު އަލީ (މޮގާ) އެވެ.

ކޮމެންޓް
ފަހުގެ
HDC