
އެއްޖިންސުން ގުޅުން ހިންގާ މީހުންނަށް މަރުހަބާ ކިޔައި ސްޓޭޖްތަކަށް އެރުވުން ލަދުވެތި - އަލީ ރަމީޒް
# އަލީ ރަމީޒް# ޓިކްޓޮކް ޝިފާimg_md_202010020709381601647778.2866
އެއްޖިންސުން ގުޅުން ހިންގާ މީހުންނަށް މަރުުހަބާ ކިޔައި ސްޓޭޖްތަކަށް އެރުވުމަކީ ލަދުވެތި ކަމެއް ކަމަށް އަލީ ރަމީޒް ވިދާޅުވެއްޖެއެވެ.

އިސްލާމް ދީނަށް މީހުން ހޭލުންތެރިކުރުވުމުގައި މިހާރު ފުޅާ ދާއިރާގައި ހަރަކާތްތެރިވާ ކުރީގެ ލަވަކިއުންތެރިޔާ އަލީ ރަމީޒް ވިދާޅުވީ ނޫނުގައި ބުނާ ގޮތުުން އެއް ޖިންސުން ގުޅުން ހިންގާ މީޙުންނަށް 16 އަހަރުގެ ޖަލު ހުކުމެއް އަންނަ ކަމަށާއި، ނަމަވެސް މި މުޑުދާރު އަމަލު ހިންގާ ބައެއް މީހުން މުޖްތަމައުގެ ތެރޭގައި މިނިވަންކަމާއެކު އުޅެމުންދާ ކަމަށެވެ.
އަލީ ރަމީޒް މިފަދައިން ވިދާޅުވެފައިވަނީ، އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް ދާދި ފަހުން ފެންމަތިވެ ހޫނުފެނަށް ވެއްޓުނު ޓިކްޓޮކުން ގިނަ ބަޔަކު ދަންނަ މަރިޔަމް ޝިފާ ރަށްރަށަށް ގޮސް އީދު ޝޯވްތައް ދެމުން އަންނަ ދަނޑިވަޅެއްގައެވެ.
pic.twitter.com/OwyoFkEihf
— Ali Rameez (@aliramyz) July 10, 2022
އަލީ ރަމީޒް ވިދާޅުވީ އެފަދަ މުޑުދާރު މީހުންނަށް މަރުހަބާކިޔައި ސްޓޭޖްތަކަށް އެރުވުމަކީ ލަދުވެތިވާ ކަމެއް ކަމަށެވެ. އަދި އެފަދަ ކަންކަން ރާވައި އިންތިޒާމްކުރާ މީހުން ﷲ އަށް ބިރުވެތިވުުމަށް ގޮވާލައްވާ ކަމަށްވެސް ވިދާޅުވިއެވެ.
ގުޅުންހުރި

އަލީ ރަމީޒުގެ އިންޒާރާއެކު ޑާކް ރެއިނުން މާފަށްއެދިއްޖެ

އެއްޖިންސުން ގުޅުން ހިންގާ މީހުންނަށް މަރުހަބާ ކިޔައި ސްޓޭޖްތަކަށް އެރުވުން ލަދުވެތި - އަލީ ރަމީޒް

ދިއްފުށީގައި އޮތް އީދު ޝޯގައި ޝިފާ ބައިވެރިވުމުން ރައްޔިތުން ގެޔަށް!
