
އަންނަ އަހަރުގެ ސެޕްޓެމްބަރުމަހު ހުވަދު އަތޮޅުގައި ސްޕީޑް ފެރީގެ ޚިދުމަތް ފެށޭނެ - އަސްލަމް
# ހުވަދު އަތޮޅު# އެމްޓީސީސީ# މުޙައްމަދު އަސްލަމްFc9len4aMAET7Ni
އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ހުވަދު އަތޮޅުގައި ހައި ސްޕީޑް ފެރީގެ ޚިދުމަތް ފަށާނެކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާރ ސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ޕްލޭނިންގ މިނިސްޓަރ މިހެން ވިދާޅުވީ، އެމްޓީސީސީގެ "ބޮޑު ޖައްރާފާ" އިފްތިތާހްކުރުމަށާއި ގއ. ދާންދޫ ބިންހިއްކުމުގެ ޢަމަލީ މަސައްކަތް ފެށުމުގެގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
މިސަރުކާރުގެ އަމާޒަކީ މުޅި ރާއްޖެ ދަތުރު ފަތުރުގެ ނިޒާމްމުން ގުޅާލުންކަން ފާހަގަކުރައްވާ މިނިސްޓަރ އަސްލަމް ވިދާޅުވީ މިވަގުތު ދެމުން އަންނަ ފެރީގެ ޚިދުމަތް ގިނަބަޔަކު މިހަރުވެސް ހޯދަމުން އަންނަކަމަށެވެ. މިގޮތުން މިދިޔަ މަހުގެ ނިޔަލަށް ބައިލައްކައަށްވުރެ ގިނަ މީހުން ހއ. އާއި ހދ. ގެ ރަށްތަކަށް ދަތުރުކޮށްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިހާރު މުޅި ރާއްޖެއަށް މި ޚިދުމަތް ފުޅާކުރުމަށްޓަކައި މަސައްކަތް ކުރައްވަމުން އަންނަކަމަށާއި އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ހައި ސްޕިޑް ފެރީގެ ޚިދުމަތް ހުވަދު އަތޮޅުގައި ފައްޓަވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ އަސްލަމް ވިދާޅުވީ، ރާއްޖެ ދެން ބަދަލުކޮށްލާނީ ދަތުރުފަތުރުގެ ނިޒާމަށް މި އަންނަ އިންޤިލާބީ ބަދަލުންކަމަށެވެ.
ޤައުމީ ފެރީ ނިޒާމު "ރާއްޖެ ޓްރާންސްޕޯޓް ލިންކް"ގެ ޚިދުމަތް ފަށާފައިވަނީ ޖޫންމަހުގެ 12 ވަނަ ދުވަހުއެވެ. ރާއްޖެ ޓްރާންސްޕޯޓް ލިންކަކީ، ޖަޒީރާ ރާއްޖޭގެ ރަށްތައް ލުއިފަސޭހަ ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލުމަށް، ސަރުކާރުން މުޅިން އަލަށް ތަޢާރަފުކުރި ހައި ސްޕީޑް ފެރީ ނިޒާމެކެވެ. މި ނިޒާމުގައި ރާއްޖެ 6 ޒޯނަކަށް ބަހާލާފައިވެއެވެ.
މީގެތެރެއިން ޒޯން 1ގައި ހިމެނޭ ހއ. ހދ. އަދި ށ.އަތޮޅުގެ، މީހުން ދިރިއުޅޭ 41 ރަށް މި ނިޒާމުގެ ތެރެއިން ވަނީ ގުޅާލާފައެވެ. މީގެތެރޭގައި އަތޮޅުގެ ރަށްތަކާއި، އެއް އަތޮޅު އަނެއް އަތޮޅާ ދެމެދު ދަތުރުތައްވެސް ހިމެނެއެވެ. އާރްޓީއެލްގެ ޚިދުމަތަށް 3 މަސް ދުވަސް ވެފައިވާއިރު، މިހާރު މި ޚިދުމަތަކީ ރައްޔިތުންނަށް ފުރިހަމައަށް ބަރޯސާވެވޭ ޚިދުމަތަކަށް ވަނީ ވެފައެވެ.
ގުޅުންހުރި

އުނގޫފާރުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ބާރު ސްޕީޑެއްގައި ކުރިޔަށް!

ގުރައިދޫ އެއާޕޯޓަށް ބިން ހިއްކުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށް!

މާޅޮހުގެ ދެ މަޝްރޫއުއެއްގެ އަމަލީ މަސައްކަތް ފެށުމަށް އެމްޓީސީސީން ތައްޔާރުވެއްޖެ
