
މަޑަވެލި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢޫގެ އަމަލީ މަސައްކަތް ފަށައިފި
# އެމްޓީސީސީ-
ގދ. މަޑަވެލި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފި އެވެ.

މަޑަވެލީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވީ ރައިސުލްޖުމްހުރިއްޔާގެ ނާއިބު ޙުސައިން މުޙައްމަދު ލަޠީފްއެވެ. މި ރަސްމިއްޔާތުގައި މަޑަވެލި ދާއިރާގެ މަޖްލިސް މެންބަރު މުޙައްމަދު ޝަމީޒްއާއި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިސްމާޢިލް ހަމީދު އާއި އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރ، މުޙައްމަދު ޖަމްޝީދް އަދި ގދ. މަޑަވެލި ކައުންސިލްގެ ރައީސް ފިޔާޒް ހަސަންއާއި މުޢައްސަސާތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި މަޝްރޫޢުގެ ފޭސް 1ގެ ދަށުން، 8.85 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި 628.70 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓެއް ޖެހުމާއި 678 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓެއް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.
މި މަޝްރޫޢަކީ 77.9 މިލިއަން ރުފިޔާއަށް 390 ދުވަސް ތެރޭ ނިންމުމަށް މިކުންފުންޏާއި ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ.
މި މަޝްރޫޢުގެ ފޭސް 2ގެ ދަށުން، 19.17 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި 1645 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި 120 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ކުރާނެއެވެ.
މިއީ 174.58 މިލިއަން ރުފިޔާއަށް 400 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.
ގުޅުންހުރި

މަޑަވެލި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢޫގެ އަމަލީ މަސައްކަތް ފަށައިފި

އުތީމާއި މަޑުއްވަރީގެ ތަރައްޤީގެ މަޝްރޫއުތަކެއް އެމްޓީސީސީއާއި ހަވާލުކޮށްފި

ސަރުކާރުގެ ޓެކްސީ ލައިނަށް 107 ޑްރައިވަރުން ހޯދަން އިއުލާންކޮށްފި

.gif&w=3840&q=75)



